އެންވީޑިއާއިން އުފެއްދި އޭއައިގެ ބާރުގަދަ "ސުޕަޗިޕް" ދައްކާލައިފި

އެންވީޑިއާ ސުޕަޗިޕް ---

ބްލެކްވެލްގެ ނަމުން ނަން ދީފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ޚާއްސަކޮށްގެން އެންވީޑިއާ އިން އުފެއްދި އެ ކުންފުނީގެ އެންމެ ފަހުގެ ބާރުގަދަ ޗިޕް ދައްކާލައިފިއެވެ.

ސިލިކަން ވެލީގެ ޗިޕް އުފައްދާ ކުންފުނި އެންވީޑިއާއިން މި ބާރުގަދަ ސުޕަޗިޕް "ބްލެކްވެލް" އިފްތިތާހުކުރީ އެ ކުންފުނީގެ އަހަރީ ޖީޕީޔޫ ޓެކްނޮލޮޖީ ކޮންފަރެންސްގައެވެ.

އާ ޗިޕްގައި 208 ބިލިއަން ޓްރާންސިސްޓާ ހުންނައިރު، މިއީ އެ ކުންފުނީގެ ކުރީގެ ޗިޕްގައި ހުރި 80 ބިލިއަނަށް ވުރެ ދެ ގުނައަށްވުރެ ވެސް އިތުރު އަދަދެކެވެ. އެ ހުރިހާ ޓްރާންސިސްޓަރަކުން ވެސް ގާތްގަނޑަކަށް އެއްފަހަރާ ޗިޕާ ގުޅިފައިވާ މެމޮރީއަށް ވަދެ، އުފެއްދުންތެރިކަން އިތުރުކޮށްދެއެވެ.

ގޭމިން އާއި ޕްރޮފެޝަނަލް ވިޝުއަލައިޒޭޝަނަށް ޖީޕީޔޫއާއެކު އެންވިޑިއާގެ ނަން މަޝްހޫރުވެފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް ވޯކްފްލޯގެ އިންޓެންސް ކޮމްޕިއުޓިން ޑިމާންޑްތަކަށް އޮޕްޓިމައިޒްކޮށްފައިވާ ޕްރޮސެސަރުތައް ސަޕްލައި ކުރުމުގެ ބާރުގަދަ މަގާމެއް އެ ކުންފުނިން ވަނީ ގާއިމް ކޮށްފައެވެ.

އެ ކުންފުނީގެ ޗިޕްސް ޕަވާ ސިސްޓަމްތައް އޯޕަންއޭއައި، ގޫގުލް، މައިކްރޮސޮފްޓް އަދި ޓެސްލާ ފަދަ އޭއައި ލީޑަރުން ގެންދަނީ ބޭނުން ކުރަމުންނެވެ.

އެނަލިސްޓުން ލަފާކުރާ ގޮތުގައި އެމެޒޯން، ގޫގުލް އަދި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކްލައުޑް ޕްރޮވައިޑަރުން މިހާރު ވެސް ބޭނުންކުރަން ސޮއިކޮށްފައިވާ 'ބްލެކްވެލް' އުފެއްދުމަކީ އެންވީޑިއާގެ މާކެޓުގައި އިތުރަށް އެކުންފުނި ހަރުދަނާވެގެންދާނެ ކަމެކެވެ.

އާ ސުޕަޗިޕް ސިލިކަންގެ އިތުރުން، އެންވީޑިއާ އިން ވަނީ އޭއައި ސޮފްޓްވެއާ ޓޫލްސް އާއި އެފަދަ ހިދުމަތްތައް އިތުރުވަމުން އަންނަކަން ވެސް ފާހަގަކޮށްފައެވެ.

މި ކޮމްޕްލިމެންޓްރީ ހުށަހެޅުންތަކުގެ ސަބަބުން އެންވީޑިއާ އަށް އެންޑް-ޓު-އެންޑް އޭއައި ޕްލެޓްފޯމް ކުންފުންޏެއްގެ ގޮތުގައި އިތުރަށް ދުނިޔެ ބަލައިގަންނާނެކަމަށް އެނަލިސްޓުން ބުނެއެވެ.

ކޮމްޕިއުޓިންގެ ދާއިރާގައި އެންމެ ބޮޑަށް ކުރިއަރަމުންއަންނަ ޓެކްނޮލޮޖީއެއްގެ ގޮތުގައި އޭއައި އޮތްއިރު، ބްލެކްވެލް ފެންނަނީ ބާރުގަދަ އަދި ޑިމާންޑް ބޮޑު ޖެނެރޭޓިވް އޭއައި މޮޑެލްތަކުގައި މަސައްކަތްކުރާ ޑިވެލޮޕަރުންނަށް ބޭނުން ކުރުން މަޖުބޫރު ވެގެންދާނެ އުފެއްދުމެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު