ޗަމްޕާ ބްރަދާސްއިން މި އަހަރު ދޭ ރޯދަ ހަދިޔާ އިތުރުކޮށްފި

ޗަމްޕާ ބްރަދާސް: މި އަހަރުގެ ރޯދަ ހަދިޔާ ވަނީ އިތުރުކޮށްފައި --

މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން 'ޗަމްޕާ ބްރަދާސް'އިން ދިވެހި ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ އިތުރުކޮށްފިއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން، މި އަހަރު ބަހައި ރޯދަ ހަދިޔާގެ ގޮތުގައި 50 ޓަނު ކަރާ، 50،000 ކާށި، އަދި 10 ޓަނު ފިޔާ ވަނީ މިހާރު ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ތަކެތި ބެހުމުގެ މަސައްކަތް ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.

އެ ހަދިޔާ އިތުރުކުރަން ނިންމައި، ޗަމްޕާ ބްރަދާސްއިން މިއަދު ބުނީ، މި ހަފުތާ ތެރޭގައި އިތުރު 25 ޓަނު ކަރަލާއި 25،000 ކާށި އަދި 10 ޓަނު އަލުވި ލޯކަލް ގަވަރުމަންޓު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

"ޗަމްޕާ ބުރަދާސް" އިން ދޭ ރޯދަ ހަދިޔާ --

ހަދިޔާއަށް އިތުރުކުރި ކަރާ އަދި ކާށި މިހާރު ހުރީ ރާއްޖޭގައެވެ. އަދި، ކުރިއަށް އޮތް ދެ ދުވަސްތެރޭގައި 10 ޓަނު އަލުވި ރާއްޖެ އެތެރެ ކުރާނެ ކަމަށް ބުންޏެވެ.

ރޯދަ ހަދިޔާއަށް މި އިތުރުކުރި ބަޔާއެކު، ޖުމްލަ 75 ޓަނު ކަރާގެ އިތުރުން 75،000 ކާށި، 10 ޓަނު ފިޔާ، އަދި 10 ޓަނު އަލުވި މި ރޯދަ މަހު، ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާކޮށްފައެވެ.

"ޗަމްޕާ ބުރަދާސް" އިން ދޭ ރޯދަ ހަދިޔާ ---

މީގެ ކުރީ އަހަރުތަކުގައި ވެސް ޗަމްޕާ ބުރަދާސްއިން ވަނީ ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް އެހީ ފޯރުކޮށްދީފައެވެ. މިގޮތުން މިދިޔަ އަހަރު ވެސް ޗަމްޕާ ބްރަދާސްގެ ފަރާތުން 15 ޓަނު ކަރަލާއި 15،000 ކާށި ވަނީ ރޯދަ ހަދިޔާ ގޮތުގައި ބަހައިފައެވެ.

ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދީލަތި އެހީތަކެއްވާ ކުންފުންޏެކެވެ.

comment ކޮމެންޓް