އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. ޔާސިރު

(އޭއީއެޗް)ގެ ސީއީއޯ ޑރ. ޔާސިރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސައިފިއެވެ.

މި ކަމާ ގުޅިގެން އޭއެޗްއީގެ ފަރާތުން ވަނީ ޑރ. ޔާސިރަށް މަރުހަބާ ކިޔާފައެވެ.

އަދި ޔާސިރުގެ ހިންގެވުމުގެ ދަށުން އެ ހޮސްޕިޓަލަށް ކުރިއެރުން އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާއިރު، އޭނާއަކީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އެ ގޮތުން އައިޖީއެމްއެޗާއި މެޑިކާގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަދަންފެށި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް ނިމި، އެ ތަނުން ހިދުމަތް ދޭންފެށީ ނިމިދިޔަ ސަރުކާރުގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 2020ވަނަ އަހަރެވެ.

އެއާއެކު އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ޚިދުމަތްތަތްކެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަށް ބަދަ ލުވެސް ކޮށްފައެވެ.

comment ކޮމެންޓް