‎ކޮންމެ ފޮޓޯއެއްވެސް ވަޓްސްއެޕުން ސްޓިކާއަކަށް ބަދަލުކޮށްލެވޭކަން އެނގޭތަ؟‎

‎ވަޓްސްއެޕް ސްޓިކާއަކީ އެ ޕްލެޓްފޯމްގައި ރިއެކްޝަންތައް ޝެއާ ކުރުމަށް ވަރަށް ޝައުގުވެރި އެއް ގޮތެވެ. އެ ‎‎ކުންފުނީގެ އަމިއްލަ ސްޓިކާ ސްޓޯރަށް ވަނުމުގެ އިތުރުން ތާޑް ޕާޓީ އެޕްލިކޭޝަނުން ސްޓިކާ އެތެރެކުރުމުގެ ‎‎ފުރުސަތު ވެސް ދެއެވެ.

މިއީ އެންޑްރޮއިޑާއި އައިއޯއެސްއިން ވެސް ލިބެން ހުންނަ ފީޗާއެކެވެ. އޭގެ އިތުރަށް ވަޓްސްއެޕްގައި ސްޓިކާ އުފައްދާ ވަސީލަތެއް ހުންނައިރު ގާތްގަނޑަކަށް ކޮންމެ ތަސްވީރެއް ވެސް ސްޓިކާއަކަށް ބަދަލުކޮށްލެވޭނެއެވެ. ‎‎ ނަމަވެސް މި ފީޗާ ލިބޭނީ ހަމައެކަނި ވަޓްސްއެޕް ވެބްއިންނެވެ. މީގެ އިތުރުން، ޗެޓެއްގެ ތެރޭގައި ‎‎ޝެއާކުރާ ކޮންމެ ފޮޓޯއެއް ސްޓިކާއަކަށް ބަދަލުކޮށްލެވޭ އިތުރު ވަޓްސްއެޕް ފީޗާއެއް ވެސް އެބަހުއްޓެވެ.‎

‎އެ ފީޗާތަކުން ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ކޮންމެ ފޮޓޯއެއް ވެސް ބެކްގްރައުންޑާއެކު ނުވަތަ ނުލައި އިމޯޖީތަކާއި ޓެކްސްޓް ‎‎ހިމެނޭ ސްޓިކާއަކަށް ބަދަލުކޮށްލެވޭނެއެވެ. އެހެން ސްޓިކާތަކެކޭ އެއްފަދައިން މި ސްޓިކާތައް ވެސް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މިގޮތަށް ‎‎ހަދާފައިވާ ސްޓިކާ ވެސް އެޑިޓް ކުރެވޭނީ ކޮންޓެކްޓަކާ ހިއްސާ ކުރުމުންނެވެ.

‎ވަޓްސްއެޕް ސްޓިކާއަކަށް ފޮޓޯއެއް ބަދަލުކުރާނެ ގޮތް‎

‎ސްޓެޕް 1: ފޯނުގައި ވަޓްސްއެޕް ހުޅުވުމަށްފަހު ސްޓިކާއަކަށް ބަދަލުކުރަން ބޭނުންވާ ތަސްވީރު ހިމެނޭ ޗެޓް ހުޅުވާލާށެވެ.‎

‎ސްޓެޕް 2: ތިރީގައި ތަފާތު އިމޭޖް އެޑިޓިން އޮޕްޝަންތައް ފެންނަ ގޮތަށް ފޮޓޯ ހުޅުވަން ޑަބަލް ޓެޕް ކުރާށެވެ.‎

‎ސްޓެޕް 3: ސްކްރީންގެ ތިރީ ވާތް ފަރާތުގައި ޝެއާ އައިކަން ޓެޕް ކޮށްލާށެވެ.‎

‎ސްޓެޕް 4: ކްރިއޭޓް ސްޓިކާ އޮޕްޝަންއަށް ޓެޕް ކުރާށެވެ.‎

‎ސްޓެޕް 5: މިހާރު އެ ފޮޓޯއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެއެވެ. ފޮޓޯގެ ސައިޒް އެޖަސްޓްކޮށް، ލިބެން ހުރި ފޮންޓުގެ ތެރެއިން އެއް ‎‎ފޮންޓް ބޭނުންކޮށްގެން ޓެކްސްޓް އެޑްކޮށް، މެސެޖެއް ލިޔުމާއި، އެ ސްޓިކާ ނުވަތަ އިމޯޖީ ސްޓިކާއަށް އިތުރު ކުރެވޭނެއެވެ.‎

‎ސްޓެޕް 6: ޗެޓްގައި ޝެއާ ކުރަން ސެންޑް ބަޓަން ޓެޕް ކޮށްލާށެވެ.‎

‎މި ފީޗާ ލިބެނީ ހަމައެކަނި ވަޓްސްއެޕްގެ އައިއޯއެސް އެޕްލިކޭޝަނުންނެވެ. އެންޑްރޮއިޑް ބޭނުންކުރާ ‎‎ފަރާތްތަކަށްވެސް މި ފީޗާ ވަރަށް އަވަހަށް ތަޢާރަފުކުރާނެކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް