މި ރޯދަމަހު ކަރައަށް ދަތިވާނެ ކަމަށް ނުބެލެވޭ: ވިޔަފާރިވެރިން

ބާޒާރުގައި ކަރާ ވިއްކަނީ ---- ސަންފޮޓޯ/ މުހައްމަދު މާވީ

ރޯދަމަހު އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ބާވަތް ކަމަށް ކަރާ ލިބުމަށް ދަތިވާނެ ކަމަށް ނުބެލެވޭ ކަމަށް ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން ބުނެފިއެވެ.

އެގޮތުން މާރުކޭޓުގެ ގިނަ ގޮޅިތަކެއްގައި ކަރާ ލިބެން ހުރިއިރު ކަރާ ކިލޯ އެއް 17 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެން އެބަ ހުއްޓެވެ.

މާރުކޭޓު ގޮޅިއަކުން "ސަން"އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ މި ރޯދަމަހު ކަރައަށް ދަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ރޯދަަމަހު ކަރާއަށް ދަތިވާނެ ހެނެއް ހިއެއް ނުވޭ. ވަރަށް ތިޔާގިކޮށް ކަރާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ،" އޭނާ ބުންޏެވެ.

ބާޒާރު މަތީގައި މީހަކު އޮރެންޖު ގަންނަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

ގިނަ ގޮޅިތަކެއްގައި ކަރާ ވިއްކަން ހުރިއިރު ވިޔަފާރިވެރިން ބުނާގޮތުގައި މިހާރު އެންމެ ގިނައިން ލިބެން ހުރީ ކަރާ ހެއްދުމުގައި އެންމެ މަޝްހޫރު އއ. ތޮއްޑޫ އާއި ތ. ކަނޑޫދޫއިން ގެނެސްފައިވާ ކަރައެވެ.

އެއާއެކު، ކަރާގެ އިތުރުން މިއަދު މާރުކޭޓުގައި އެންމެ ތިގާގިކޮށް އުޅެނީ ބަނބުކޭލެވެ. ގިނަ ގޮޅިތަކުގައި ބަނބުކޭލެއް ވިއްކަނީ 30 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގު ތަކެއްގައެވެ.

ބާޒާރުގައި ބަޔަކު މޭބިސްކަދުރު ގަންނަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ ހަފުތާ ތެރޭގައި ބާޒާރުގައި އަގު އުފުލުނު ލުނބޯ ކިލޯއެއް މިހާރު ބާޒާރުން ލިބެން ހުރީ 70 ރުފިޔާއަށެވެ. އަދި އޮރެންޖެއް ހަތް ރުފިޔާއަށް ވިއްކަމުންދާއިރު ކުރުނބާ 35 އާއި 50 ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ.

މީގެއިތުރުން، ނަން މަޝްހޫރު ކަނޑޫދޫ މިރުހުގެ 100 ގުރާމް ބާޒާރުގައި ލިބެން ހުރީ 75 ހުރިއިރު ކިލޯއެއް ލިބެން ހުރީ 700 އާއި 800 ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރު ގޮޅިއަކުން މިރުސް ގަންނަނީ --- ސަން ފޮޓޯ/މޫސާ ނަދީމް

ބާޒާރުގައި ކިއުކަންބާ ކިލޯއެއް 30އާއި 35 އަކާ ދެމެދުގެ އަގެއްގައި ލިބެން ހުރި އިރު ކެރެޓު ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށެވެ.

ބާޒާރުގެ ގޮޅިތަކުގައި ދޮންކޭލުގެ އަގު 40 ހުރި އިރު ލެޓިއުސް ކިލޯއެއް ހުރީ 80 އަށެވެ.

comment ކޮމެންޓް