އެމެރިކާގެ މަޝްހޫރު ރާހިބު، ޝައުން ކިންގް އިސްލާމްވެއްޖެ

ޝައުންކިންގް

ވޮޝިންޓަން (11 ފެބްރުއަރީ 2024): އެމެރިކާގެ މަޝްހޫރު އެކްޓިވިސްޓް، ލިޔުންތެރިޔާ އަދި ނަސާރާ ޕްރިއެސްޓް (ރާހިބު) ޝައުން ކިންގް އާއި އޭނާގެ އަންހެނުން ޝަހާދަތް ކިޔައި އިސްލާމް ވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ޝައުން ކިންގް އާއި އޭނާގެ އަންހެނުން އިސްލާމްވީ މިއަދުއެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ މުލަރޯދަ ދުވަހުއެވެ. ޝައުން ކިންގްގެ ފަރާތުން ނެރުނު ބަޔާނެއްގައިވާގޮތުން އޭނާ ޝަހާދަތް ކިޔައި އިސްލާމް ވުމުގެ ކުރިން ވަނީ އިސްލާމްދީން ވަރަށް ބޮޑަށް ދިރާސާކޮށް އިސްލާމްދީނުގެ ހަގީގަތް ދެނެގަނެ އެކަން ހިތުން ގަބޫލުކޮށްފައެވެ.

ޝައުންކިންގް އިސްލާމްވީ އޭނާ ދިރިއުޅޭ ސަރަހައްދުކަމަށްވާ އެމެރިކާގެ ޑަލަސްގެ މިސްކިތެއްގައެވެ. ޑަލަސްއަކީ ޓެކްސަސް ސްޓޭޓްގެ ސިޓީއެކެވެ.

އޭނާއާއި އޭނާގެ އަންހެނުން ބުނިގޮތުގައި ޝަހާދަތް ކިޔައި އިސްލާމްވީ ވަގުތު ކުރެވުނީ މުޅިން އުފާވެރި އިހުސާސްތަކެކެވެ. ތެދުމަގާއި ހިދާޔަތު ލިބުނުކަމުގެ އިހްސާސެވެ.

އޭނާ ބުނިގޮތުގައި ބިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނާއެކު އޭނާގެ ދެމަފިރިންވަނީ ރަމަޟާންމަހުގެ ރޯދަ މިއަދު ހިފަންފަށާފައެވެ. ޝައުން ކިންގްއަކީ އެރިޒޯނާގެ ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ސާނަވީ ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވުމުގެ އިތުރުން ޕްރިއެސްޓް (ރާހިބު) އެއްގެގޮތުގައިވެސް މަސައްކަތްކޮށްފައިވެއެވެ. އެޓްލަންޓާގެ އެންމެ ބޮޑު ނަސާރާ ފައްޅިއަކީ 2008 ވަނަ އަހަރު އޭނާ ބިނާކުރި ތަނެކެވެ.

ޝައުން ކިންގް އަކީ އެމެރިކާގައި ވަރަށް މަޝްހޫރު ލިޔުންތެރިއެއްވެސް މެއެވެ. އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތައްކަމަށްވާ "ނިއުޔޯކް ޑެއިލީ ނިއުސް" "ޑެއިލީ ކޮސް" "ދަ ޔަންގް ޓޯކްސް" ފަދަ ނޫސްތަކުގައި ކޮލަމިސްޓެއްގެ ގޮތުގައި ކޮލަމްތައް އޭނާ ލިޔެއެވެ.

މީގެއިތުރުން ޝައުން ކިންގް އަކީ ޝޯޝަލް މީޑީއާގެ ވަރަށް އެކްޓިވް އެކްޓިވިސްޓެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ގޮތެއް ފޮތެއް ނުބަލައި އާންމުން މަރަންފެށުމުން އެކަމާދެކޮޅަށް އެމެރިކާގައި އެންމެ ބޮޑަށް އިހްތިޖާޖުކުރުމާއި ޝޯޝަލް މީޑީއާގައި އިސްރާއީލާ ދެކޮޅަށް ހަރަކާތްތައް އެމެރިކާގައި ކުރިޔަށްގެންދާ އެންމެ އިސް އެކަކީ ޝައުން ކިންގް އެވެ.

އެމެރިކާގައި ޔަހޫދީންގެ ބާރާއި ނުފޫޒު އޮތްމިންވަރާއި އެމެރިކާގެ ސިޔާސީ ފަރާތްތަކަށާއި މުއައްސަސާތަކަށް ޔަހޫދީ މުއްސަނދި މާފިޔާ އަތްގަދަކޮށްފައިވާ މިންވަރު ހާމަކޮށްދީ އެމެރިކާގެ މުޖްތަމައު އެކަމަށް ހޭލުންތެރި ކުރުވުމަށް ޝައުން ކިންގް ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު