1 ދުވަހުން 78 ޓަނުގެ މޭވާ ތަރުކާރީ ކްލިއާކޮށްފި

29 އޭޕްރީލް 2022، މާލެ، ރޯދަޔަށް ތިން ދުވަސް: މާލޭގެ ބަނދަރުމަތި އާދަޔާހިލާފަށް ބާރުބޮޑު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ކަސްޓަމްސްއިން 78 ޓަނުގެ މޭވާ ތަރުކާރީ އިއްޔެ ކްލިއާކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރެކޮށްފައިވާ ތަކެތީގެ ތެރެއިން ރަމަޟާންމަހަށް ބޭނުންވާނެ ސާމާނު ކްލިއާ ކޮށްފައިވަނީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އެ ގޮތުން އެ 78 ޓަނުގެ މޭވާ ތަރުކާރީ ކްލިއާކޮށްފައިވަނީ އިއްޔެގެ 15:30އިން 20:00ގެ ނިޔަލަށް ކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

ކްލިއާ ކުރި މޭވާ ތަކުރާރީގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ޓޮމާޓޯ، ފަޅޯ، ކެބެޖު، ދޮންކެޔޮ، ކަރާ، ކިޔުކަންބާ އަދި އަނބުގެ އިތުރުން އެހެނިހެން ބާވަތްތައް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ރަމަޟާން މަހަކީ ބާޒާރުގައި ތަކެތީގެ ޑިމާންޑު ބޮޑުވެ، ތަކެތީގެ އަގު ވެސް އުފުލިގެންދާ މަހެކެވެ. އެ ގޮތުން ބާޒާރުގައި ބައެއް ތަކެތީގެ އަގު ރަމަޟާންމަހާ ދިމާކޮށް އުފުލެން ފެށުމާ އެކު އެސްޓީއޯއިން ވަނީ ބައެއް ތަކެތީގެ އަގު ހިފެހެއްޓުމަށް އަގުހެޔޮކޮށް ތަކެތި ވިއްކަން ފަށާފައެވެ.

https://sun.mv/189640

އޭގެ ތެރޭގައި ފިޔާ އަދި ލުނބޯ ހިމެނެއެވެ.

comment ކޮމެންޓް