ދިރާގުން ''ހެޔޮހިތުން'' ރޯދަ އޮފާތައް ތައާރަފުކޮށްފި

ދިރާގުން ކުރިއަށްގެންދާ ރޯދަ މަހުގެ ކެމްޕޭނުގެ ތެރެއިން މި އަހަރުގެ ތީމް "ހެޔޮހިތުން" ތަޢާރަފްކޮށްފި--- ސަން ފޮޓޯ/ އަމަން ލަތީފް

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ދިރާގުން ކުރިއަށްގެންދާ ރޯދަ މަހުގެ ކެމްޕޭނުގެ ތެރެއިން މި އަހަރުގެ އޮފާތައް "ހެޔޮހިތުން"ގެ ނަމުގައި މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގުގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މިއަހަރުގެ މަގުސަދަކީ ހެޔޮހިތުން އެކަކު އަނެކަކަށް ކަންތައް ކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދިނުން ކަމަށެވެ.

މިއަހަރުގެ ރޯދަ އޮފާތަކުގެ ތެރެއިން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގެވެސް ހަވީރު ހަތަރަކުން ރޭގަނޑު ނުވައަކަށް ދިރާގު އެޕްއަށް ވަނުމުން "ސަޕްރައިޒް ޑޭޓާ" ލިބޭނެއެވެ. "މި ސަޕްރައިޒް ޑޭޓާ"އަކީ ކަސްޓަމަރަށް ލިބުމުން އެ ދުވަހެއް ނިމެންދެން އެހެން ކަސްޓަމަރުންނަށް ހަދިޔާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ އޮފާއެކެވެ.

މީގެ އިތުރުން އެޕް މެދުވެރިކޮށް 25 ރުފިޔާ ހޭދަކުރުމުން ނުވަތަ އެޑް އޮންއެއް، ބޫސްޓާއެއް ގަތުމަށްފަހު ފައިސާ ދައްކާ ނިމުމުން ކަސްޓަމަރަށް ފޮނުވާ ލިންކުގައި ހިމެނޭ ގޭމު ކުޅުމުން އިނާމެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ރޯދަމަހުގެ އާދަކާދަތައް ދެމެހެއްތުމަށްޓަކައި "ގުޑި ފެސްޓު" އަދި ތަށިބަރި މޫވްމަންޓް އޮންނާނެ ކަމަށްވެސް ދިރާގުން ބުންނެވެ.

މި އޮފާތަކުގެ ތެރެއިން ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ދިރާގު އެޕް މެދުވެރިކޮށް ހިތެއް ލިބޭނެއެވެ. މި ހިތްތައް އެއްކޮށް، ޕޮއިންޓް ގިނަކޮށް ކަސްޓަމަރުންނަށް ހަދިޔާ ހޯދޭނެއެވެ.

މީގެ އިތުރުން ދިރާގު އީޒޯނުގައި ހުރި ގޭމްތައް ހިލޭ ކުޅުމުގެ ފުރުސަތު ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. އަދި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޫސްޓާގަތުމުން ލިބޭ އިތުރު ޑޭޓާ ރޯދަމަސް ނިމުމުންވެސް ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބިދޭސީ ކަސްޓަމަރުންނަށް ޚާއްޞަކޮށްފައިވާ އޮފާއެއްގެ ދަށުން، ދިރާގު އެޕް މެދުވެރިކޮށް ފްރީ އައިމޯ ޕެކޭޖް ނެގުމުން 90 ދުވަސް ވަންދެން ޚިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް