ޣައްޒާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ސްޓާބަކްސް ހިންގާ އަލްޝަޔާ ގްރޫޕުން 2،000 މުވައްޒަފުން ވަކި ކުރަން ނިންމައިފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމެންގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ކުންފުނި، ސްޓާބަކްސް ބޮއިކޮޓް ކުރާތީ އެ ކުންފުންޏަށް އަންނަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.
ގޮންޖެހުންތަކުގެ ސަބަބުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވިޔަފާރީގެ ހާލަތު ދަށްވެ، މި ނިންމުން ނިންމަން މަޖުބޫރުވީ ކަމަށް ކުވައިތަށް ނިސްބަތްވާ އަލް ޝަޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ކުންފުނިން ވަކިވެގެންދާ މުވައްޒަފުންނަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ," އެ ބަޔާނުގައި ބުނެފައިވެއެވެ.
ގާޒާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހުންނަ ސްޓާބަކްސް އައުޓުލެޓުތައް ކައިރީ މުޒާހަރާތައް ކުރަމުންދާއިރު، އެ ތަންތަން ހިންގުމަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ.
މެދުއިރުމަތީގައި ސްޓާބަކްސްގެ 50،000 މުވައްޒަފުން މަސައްކަތްކުރެއެވެ.
އަލްޝަޔާއިން މެދުއިރުމަތީގައި ސްޓާބަކްސް ހިންގަން ފަށާފައިވަނީ 1999 ވަނަ އަހަރުއެވެ. ފާއިތުވި މުއްދަތުގައި އެ ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބިފައިވެއެވެ.