ރޯދަމަހު ކެފޭ ރެސްޓޯރެންޓުތައް މެންދަމު 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

މާލޭގެ ރެސްޓޯރަންޓެއްގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ

ކުރިއަށް އޮތް ރޯދަމަހު ކެފޭ ރެސްޓޯރެންޓުތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފައެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30އިން މެންދަމު 3:00އާ ދެމެދުގައެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30އިން މެންދަމު 3:00އާ ދެމެދުގައި ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުން ފެށިގެން، ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30އިން މެންދަމު 1:00އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކުން މިކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް