ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު ފެށި އެ ޚިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.
ހެލްތު މިނިސްޓްރީން ވަނީ މިއަދު ޚިދުމަތް ފެށިގެން ޔަގީންކޮށްދެއްވައިފައެވެ.
މީގެ ކުރިން އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ.
އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

އެއާ އެމްބިއުލާންސް: މި ޚިދުމަތް މިހާރު 24 ގަޑިއިރު ފޯރުކޮށްދޭނެ --
ރައީސް މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަސައްކަތުގެ މަގުސަދަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ޚިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ޙާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށިއިރު އަދި ބޯޓެއްގައި އުފުލާނީ ދެ ބަލި މީހުންނެވެ. އެކަމަކު، ޚިދުމަތް ފުޅާކުރަމުންދާއިރު އެ އަދަދު އިތުރުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައި އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.
އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތް ދެނީ މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
comment އީސަ
1 year 2 month ago
ވިސްނާލާ މިގައުމު ވިއްކާލާ ނިންމާލައިފިއޭ މިކަން ކުރަން ބޭރުގައުމެއްގެ ސިފައިން މިތަނަށް އަރާ ހަދާނެހާ އެއްޗެއް ހަދަން ދީގެން. ގައިމު ވެރިކަންލިބިގެން ތިންމަސް އަދި ކިރިޔަާވީ، މިއޮތީ ބަލިމީޙުން އުފުލަން އަމިއްލަ ބޯޓެއް ތައްޔަާރުކޮށް ގައުމީ ވަންތަކަމާއެކު ފަޚުރެއްގެ ގޮތުގައި ފެންނަ ގޮތަށް ދައްކުވާލަދީފަ. މީނުންތޯ ގައުމު ދެކެލޯބިވާ ވެރިން އުޅެންވި ގޮތަކީ. ނުކިޔަވާ ތިބޭ މީހުންނަށް މީޯގެފަހުންވެސް ދެން ވެރިކަން ނުދޭން ރައްޔިތުން ވިސްނަން އެބަޖެހޭ
comment ތަކަންދޫ މުހައްމަދު
1 year 2 month ago
މިހާރު އަޅުގަނޑަށްވެސް މުއިއްޒު މިދައްކާ ވާހަކަ ގަބޫލްކުރެވެން ފަށައިފި. ކަންކަންކުރެވޭނީ ސިކުނޑިއެއްވެސް ހުރެގެން. މީހުން ޖަހާހާ ބެރަކަށް ނަށާމީހަކަށް ގައުމުތަކުގެ ވެރިކަމެއް ނުކުރެވޭނެ. އެއްވެސް ރައީސަކަށް މިގައުމުގަ ނުކުރެވުނު ކަމެއް މިއޮތީކޮށްފަ ދައްކާފަ. ތިޔަކިޮޔާ އުޅޭ ފިޔާދޭ ގައުމުގެ ސިފައިން ނޫނަސް މީތި ދުއްވާނެކަން ކަށަވަރެއްނު
comment ކިއުންތެރިއެއް
1 year 2 month ago
ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަހަރެން ފަޚުރުވެރިވަން. މިއޮތީ ވިސްނޭ ކިޔަވައިގެން ތިބޭމީޙުން ނާ ކަންކަން ހަވާލުކުރީމާ މަގުދައްކާފަ، ކަންކޮށްފަ. ސާބަހޭ ރައީސް މުއިއްޒު
comment ވަހީދާ
1 year 2 month ago
ގައިމު ފިޔާވެސް ބިސްވެސް އަލުވިވެސް އިރާދަ ކުރެއްވިއްޔާ ލިބޭ. ކޮންމެހެން މި ބޯޓުގަނޑު ހޯދަންށާ ދުއްވަން ފަސްދޮޅަސް ސިފައިން ނުގެނޔަސް މިގައުމުން މިކަން ކުރެވޭނެ މަގު މިއޮތީ ފަހިވެފަ. ގައުމު ވިއްކާލާކަށް ނުޖެހުނެއްނު. ރީނދޫ ކުދިންނަށްނަށް ވެރިކަން ކުރާކަށް ދަހެއްނުވި. އަބަދު ކުރަނީ ކަނޑުކޮށް ކަންކަން
comment ހަސަން
1 year 2 month ago
މީނޫންތޯ ވިސްނޭ ވެރިންނަކީ، އެހެންވީމަ ބުނެވެނީ ކިޔަވައިގެން ތިބޭ މީޙުން ވެރިކަމަސް ގެންނަން ޖެހެއޭ
comment ރަންބެ
1 year 2 month ago
ބޮލެއް ހުރެގެން ކަންކަން ކުރެވޭނީ. ގޮތްހުސްވެ ކަންކުރަން ނޭނގޭ ނުކިޔަވާ ތިބޭ މީހުން ގައުމުތަކުގެ ތައްޕާހަށްވެއްޓި މި ގައުމު ދުވަސް ދުއްވާލާފަ ވަނިކޮށް މުއިއްޒު ތިޔަ ދައްކަވާ ނަމޫނާއަށް މި ގައުމު ފަޚުރުވެރިވާނެ. ސިތާސީ ނުފޫޒުން އެއްކިބާވެފަ ތިބޭ މީހުން މިކަމާ ވިސްނާނެ
comment މަންދޫހު
1 year 2 month ago
ޝުކުރިއްޔާ ރައީސް މުއިއްޒު