އެއާ އެމްބިއުލާންސް ޚިދުމަތް 24ގަޑިއިރު ދޭނެ، 15 ސިއްޚީ ޚިދުމަތްތެރިން ތިބޭނެ

ރާއްޖެ އާއި ލަންކާއާ ދެމެދު ކުރާ އެއާ އެމްބިއުލާންސް ދަތުރުތަކުގައި ބޭނުންކުރާނެ ބޯޓު --- ފޮޓޯ/ހެލްތު މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުއްލި ހާލަތްތަކުގައި އެއާ އެންބިއުލަންސްގެ ޚިދުމަތް 24 ގަޑިއިރުދޭނެ ކަމަށް ހެލްތު މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު ބުނީ އެކަމަށް ހާއްސަކޮށްފައިވާ މަތިންދާ ބޯޓުގައި ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފިވާ 15 ސިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.

އޭގެތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މިމަސައްކަތުގެ މަގްސަދަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ

މިނިސްޓްރީއިން ބުނީ މި ޚިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ޙާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައި ކަމަށެވެ.

އެއާއެކު، މިނިސްޓްރީއިން ބުނީ އެއާ އެންބިއުލާންސްގެ ޚިދުމަތާއެކު މެޑިކަލް ސާވިސްގެ ތެރޭގައި މި ޚިދުމަތް ހިމެނި އަވަސް ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުރަތަމަ ފަށާއިރު، ބޯޓެއްގައި އެއްފަހަރާ އުފުލާނީ ދެ ބަލި މީހުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.

https://sun.mv/189283

މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ އައިލެންޑް އޭވިއޭޝަނުގެ ދެ ބޯޓެއް ކަމަށެވެ. އެއީ، އެއާޕޯޓަށް ޖައްސާ ބޯޓަކާއި ސީޕްލޭނެއް ކަމަށެވެ.

comment ކޮމެންޓް