ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް

ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ސަރުވަޝް މިނިސްޓްރީއަށް ނުވަ އަހަރު ޚިދުމަތް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި, އޭނާގެ ޚިދުމަތަށް ޕީސީބީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ.

ސަރުވަޝް މަގާމުން އިސްތިއުފާ ދިން ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.

comment ކޮމެންޓް