ހުޅުމާލޭގައި ގުރުއާނާ ބެހޭ މަރުކަޒެއް ހިންގުމަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ހުޅުމާލެ އިން ކޮމާޝަލް ޔުނިޓެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގުރުއާނާ ބެހޭ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ޝާމްއެވެ. ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލާއި އިމާމް އަބްދުﷲ ރަޝީދެވެ.

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ހުޅުމާލެ އިން ކޮމާޝަލް ޔުނިޓެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އެޗްޑީސީ

އެޗްޑީސީން ބުނީ ގުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ހަވާލުކުރި ކޮމާޝަލް ޔުނިޓަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ހަވާލުކުރި ޔުނިޓެއް ކަމަށެވެ.

އެ މަރުކަޒާ މި ޔުނިޓް ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށާއި މަރުކަޒުގެ ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް