ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަން، ހުޅުމާލޭގެ ތަރައްގީއަށް މަސައްކަތް ކުރާ މީހުންނާއި އެހެނިހެން މަސައްކަތް ކުރާ މީހުންނަށް ތަހައްމަލް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި އެޗްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމް ކުރީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ޖެޓީގެ ޚިދުމަތް ބޭނުންވާ މީހުންނަށް އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް ޖާގަ ކަށަވަރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ޖެޓީ ބޭނުން ކުރުމަށް ޖާގަ ކަށަވަރު ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ، ޖެޓީ ބޭނުންކުރެވޭނެ ގޮތާއި ފީ ނަގާނެ ގޮތް ވެސް ހާމަކޮށްފައެވެ. ޖެޓީ ބޭނުންކުރުމުގެ ޝަރުތުތަކުގެ ތެރޭގައި:

  • ޖެޓީ ބޭނުންކުރަން ބޭނުންވާ ދުވަހުގެ ތިން ދުވަސް ކުރިން ޕޯޓަލް މެދުވެރިކޮށް ޖާގަ ކަށަވަރު ކުރުން
  • ޖެޓީ ބޭނުންކުރުމަށް ދޭ ހުއްދައިގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ނަމަ އެކަމަށް އަލުން އެދެން ޖެހޭނެ. ހުއްދަ ދެވޭނީ ޖާގަ ހުރި މިންވަރަކަށް ބެލުމަށް ފަހު.
  • އެއްފަހަރާ އެއް އުޅަނދަށްވުރެ ގިނަ އުޅަނދު ބޭނުންކުރަން ހުއްދައަށް އެދޭ ނަމަ، ފައިސާ ދައްކަން ޖެހޭނީ ލިސްޓުގައި އެންމެ ބޮޑު އުޅަނދަށް
comment ކޮމެންޓް