އެޑްވަޓޯރިއަލް: ގާޑެން ރެސްޓޯރެންޓުގެ އެކްސްޕްރެސް ލަންޗް؛ އަވަސްވެފައި އަގުހެޔޮވާނެ

ދަ ގާޑެން ރެސްޓޯރެންޓް ހުންނަނީ އަބަދަށްއުފާ ހިނގުމުގައި -- ސަން ފޮޓޯ

ދަ ގާޑެން ރެސްޓޯރެންޓް (ޓީޖީއާރު)އިން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްދޭ، ސިއްހަތަށް ފައިދާހުރި 'ޓީޖީއާރު އެކްސްޕްރެސް ލަންޗް' ތައާރަފުކޮށްފިއެވެ.

ޓީޖީއާރްއިން އެކްސްޕްރެސް ލަންޗު ތައާރަފުކުރުމުގެ މަގުސަދަކީ، މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނަށް މާ ގިނައިރު މަޑުކުރަން ނުޖެހޭނެ ގޮތަކަށް މެންދުރުގެ ކެއުން ލިބޭނެ ފުރުސަތު ހުޅުވައިދިނުމެވެ.

ޓީޖީއާރް އެކްސްޕްރެސް ލަންޗްއަކީ އަވަހަށް ލިބޭ ކެއުމެއްގެ އިތުރުން، ރަހަމީރު، އަގުހެޔޮ ކެއުމަކަށް ވާނެކަމުގެ ޔަގީންކަން އެ ރެސްޓޯރެންޓުންދެއެވެ. އެ ކެއުންތައް ލިބޭނީ ހަމައެކަނި ރެސްޓޯރެންޓުން ނޫނެވެ. އެގޮތުން ގެޔަށް އޯޑަރު ކުރުމުން އެކްސްޕްރެސް ލަންޗް ގެންގޮސް ވެސްދޭނެއެވެ.

ޓީޖީއާރް އެކްސްޕްރެސް ލަންޗްއަކީ އަވަހަށް ލިބޭ ކެއުމެއްގެ އިތުރުން، ރަހަމީރު، އަގުހެޔޮ ކެއުމަކަށް ވާނެ -- ސަން ފޮޓޯ

މި ފުރުސަތުގެ ބޭނުން ހިފޭނެ ފަރާތްތަކުގެ ތެރޭގައި، މަސައްކަތު ބައްދަލުވުންތައް ކެއުމަށް ދާ މީހުންނާއި އޮފީހަށް ކެއުން އޯޑަރު ކުރާ މީހުންނާއި ބުރަކޮށް އުޅޭ މަންމައިން ހިމެނޭ ކަމަށް ޓީޖީއާރްއިން ފާހަގަކުރެއެވެ.

އެ ރެސްޓޯރެންޓުން ބުނި ގޮތުގައި، ޓީޖީއާރްއިން މަސައްކަތް ކުރާނީ އެ ރެސްޓޯރެންޓުގައި ކާންދާ މީހުންނަށް 15 މިނިޓު ތެރޭ ކެއުން ލިބޭ ގޮތް ހެދުމަށެވެ. އަދި ޑެލިވަރީއަށް އެއަށް ވުރެ އިރުކޮޅެއް ނެގި ނަމަވެސް، އެ އޯޑަރުތައް ވެސް ތައްޔާރުކުރަން ނަގާނީ 13 މިނިޓާއި 15 މިނިޓާ ދެމެދުގެ ވަގުތުކޮޅެއް ކަމަށް ޓީޖީއާރްއިން ބުންޏެވެ.

އެ ރެސްޓޯރެންޓުން މެންދުރު ކާންދާ މީހުންނަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ތިން އެކްސްޕްރެސް ލަންޗްގެ ތެރެއިން ކޮންމެވެސް އެއް ކެއުމެއް ޚިޔާރު ކުރަން ލިބޭނެއެވެ. އެކްސްޕްރެސް ލަންޗް ލިބެން ހުންނާނީ މެންދުރު 11:30އިން 14:30އަށެވެ.

ޓީޖީއާރްގެ ކަސްޓަމަރުންގެ އެކްސްޕްރެސް ލަންޗް، 15 މިނިޓު ތެރޭގައި ތައްޔާރުކޮށްދޭނެ -- ސަން ފޮޓޯ

ޓީޖީއާރްގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ޓަކައި، އެ ރެސްޓޯރެންޓުން ވަނީ ހެނދުނު 8:30އިން ފެށިގެން މެންދުރު ކެއުމަށް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ޓީޖީއާރްގެ ނަމްބަރުތައް، 7342422 އާއި 7343536 ގުޅުމުން ބުކިން ހެއްދޭނެއެވެ.

އަބަދަށްއުފާ ހިނގުމުގައި ހުންނަ އެ ރެސްޓޯރެންޓުގެ އެކްސްޕްރެސް ލަންޗްގެ ޚިދުމަތް ކުރިއަށް އޮތް ރޯދަމަހު މެދުކަނޑާލާ ނަމަވެސް، ފިތުރު ޢީދަށް ފަހު އެ ޚިދުމަތް އަލުން ފަށާނެއެވެ.

comment ކޮމެންޓް