މިޔަރެއް ހަމަލާދިނުމުން ޒަޚަމްވި މަސްވެރިޔާގެ ހާލު ސްޓޭބަލް

މިޔަރު ހަމަލާދިން މީހާ އިތުރު ފަރުވާއަށް ގެންދަނީ: އޭނާގެ ހާލު ސްޓޭބަލް ކަމަށް ކުޅުދުށްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނޭ-- ފޮޓޯ: އިހަވަންދޫ މަސްވެރިންގެ ޕޭޖް

މިޔަރެއް ހަމަލާ ދިނުމުން ޒަޚަމްވި މަސްވެރިޔާގެ ހާލު ސްޓޭބަލް ވަމުން އަންނަ ކަމަށް ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.

އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި މިޔަރު ހަމަލާ ދީފައިވަނީ ހއ. އަތޮޅުގައި ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ، ފ. ފީއަލި ދޯންޏެއްގެ މަސްވެރިއަކަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހއ. ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި އިއްޔެ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޒަޚަމްތަކާ ގުޅިގެން އޭނާގެ ސާޖާރީއެއް ހަދާފައިވާ ކަމަށެވެ. އެ ސާޖަރީއަށް ފަހު އެމީހާގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/188373

މިޔަރު ހަމަލާ ދީ ޒަޚަމު ކޮށްލައިފައިވާ ތަނުގައި ހަ ސެންޓިމީޓަރު ހުރި ކަމަށް މީގެކުރިން އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އޭނާ ގެނައީ ޒަޚަމުވެފައިވާ ތަނުން ލޭ މަނާ ނުވުމުގެ ސަބަބުން ކަމަށްވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް