މަގޫދޫ ފަޅުގައި ރިސޯޓެއް ހުޅުވުމުގެ ފުރުސަތު ހުޅުވައިލައިފި

ފ.މަގޫދޫ ---

ފ. މަގޫދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބީލަމުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވައިލައިފައިވަނީ މި ފެށޭ މަހުގެ 15ވަަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 28ވަނަ ދުވަހެވެ.

މީގެ އިތުރުން އެރަށު ފަޅުގެ އިރުމަތިކޮޅުގައި ރިސޯޓް ހެދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ކުރިމަތިލެވޭ ވާހަކަ އެރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މަގޫދޫ ފަޅުގައި ރިސޯޓެއް ހެދުމަށް އެ ރަށު ކައުންސިލުން ހުޅުވައިލައިފައިވާއިރު މަގޫދޫ ފަޅުގައި ތިން ރިސޯޓް ހެދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

comment ކޮމެންޓް