ޕްރައިމަރީގައި ނާކާމިޔާބުވީ ކުރީގެ ޕީޖީ މުހުތާޒަށް ރައީސްގެ އެޑްވައިޒަރުކަން

ކުރީގެ ޕީޖީ މުހުތާޒު: އޭނާ ވަނީ ރައީސް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް އައްޔަންކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މުހުތާޒް މުހުސިން މިއަދު އައްޔަން ކުރައްވައިފިއެވެ.

އޭނާ ވަނީ މިކަން "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ރައީސް އޮފީހުން މިހާތަނަށް އެކަން ހާމަކޮށްފައެއް ނުވެއެވެ.

އޭނާއަށް ސިޔާސީ މަގާމެއް ދިންއިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި އޭނާ ވަނީ ދަނގެތީ ދާއިރާގެ ޓިކެޓަށް ވާދަކޮށް ނާކާމިޔާބުވެފައެވެ. އޭނާއަށް ލިބިވަޑައިގަތީ 185 ވޯޓެވެ.

އެ ދާއިރާގެ ޓިކެޓު 246 ވޯޓާ އެކު ކާމިޔާބު ކުރެއްވީ އަބްދުﷲ ރަޝީދު، ބަގީޗާގެ، އދ. ދަނގެތި، އެވެ.

މުހުތާޒު ވަނީ ކްރިމިނަލް ކޯޓޫގައި ވެސް ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައެވެ. ނަމަވެސް، 2015 ވަނަ އަހަރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާ އޭނާ މަގާމުން ދުރުކުރިއެވެ.

އޭގެ ފަހުން ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. މި މައްސަލައިގައި އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، 2018 ގައި ވެރިކަން ބަދަލުވުމަށް ފަހު، ހައިކޯޓުން ވަނީ މުހުތާޒުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްފައެވެ.

comment ކޮމެންޓް