އެމްބިއުލާންސް ޚިދުމަތް ހޯދަން ގުޅާ ނަންބަރަށް މައްސަލައެއް ދިމާވެއްޖެ

އެމްބިއުލާންސްގެ ފޮޓޯއެއް---ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްބިއުލާންސް ޚިދުމަތް ހޯދަން ގުޅާ ނަންބަރަށް މައްސަލައެއް ދިމާވެއްޖެއެެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްބިއުލެންސް ގެ ޚިދުމަތަށް ގުޅާ މި ނަމްބަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ނަމްބަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެއާއެކު ވަރަށް އަވަހަށް އެ މައްސަލަ ހައްލު ވާނެ ކަމަށެވެ.

https://sun.mv/183664

މިނިސްޓްރީއިން ވަނީ އެ ޚިދުމަތް ހޯދުމަށް ދިމާވެދާނެ ދަތިކަމަށް ޓަކައި އާންމުންގެ ފަރާތުން ނިހާޔަތަށް މާފަން އެދިފައެވެ.

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ހެލްތު މިނިސްޓްރީން މާލޭ ސަރަހައްދަށް ތައާރަފުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ޚިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓުތަކުގައި އަވަހަށް އެޓެންޑުވެ، ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ފަރުވާގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

comment ކޮމެންޓް