ފޭސްބުކުގެ ސްމާޓު ފޯން އަންނަ އަހަރު

ފޭސްބުކުން އަންނަ އަހަރު ސްމާޓް ފޯން ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ނިއު ޔޯކް ޓައިމްސްއާ ހަވާލާދީ ބީބީސީން ބުނާ ގޮތުގައި، ނަން ހާމަކުރަން ނޭދޭ ފަރާތްތަކަކުން ހާމަ ކުރާ ގޮތުގައި ފޭސްބުކުން ގެންދަނީ ސްމާޓް ފޯނު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އިންޖިނޭރުންނަށް ވަޒީފާ ދެމުންނެވެ.

ފޭސްބުކުން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި މޯބައިލް ފޯނު ބޭނުންކޮށްގެން ފޭސްބުކް ބޭނުންކުރާ އޯޑިއަންސުން ނެގެން އޮތް އެންމެ ބޮޑު ފައިދާއެއް ނެގުމަކީ ފޭސްބުކުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެކެވެ. ދާދި ފަހުން ފޭސްބުކުން ވަނީ އެމީހުންގެ އަމިއްލަ އެޕް ސްޓޯރެއް ވެސް ގާއިމުކޮށްފައެވެ.

ނިއު ޔޯކް ޓައިމްސްއިން ބުނާ ގޮތުގައި ފޭސްބުކުން ހޯދައިފައިވާ އިންޖިނޭރުންގެ ތެރޭގައި އެޕަލްގެ އައިފޯނާއި އަދި އެހެނިހެން ސްމާޓް ފޯންތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ހިމެނެއެވެ.

ފޭސްބުކުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ހާމަކުރި ގޮތުގައި ފޭސްބުކުގެ ބާނީ މާރކް ޒުކަރބާގް މޯބައިލް ފޯނު އުފެއްދުމަށް ބޭނުންވާ މައިގަނޑު ސަބަބަކީ، މޯބައިލް ފޯނެއް ފޭސްބުކުގެ ފަރާތުން ނުއުފައްދައިފި ނަމަ، ފޭސްބުކަކީ އެހެން މޯބައިލް ޕްލެޓްފޯމުތަކުގައި ބޭނުންކުރެވޭ، އެޕްލިކޭޝަނަކަށް އެކަނި ވެދާނެތީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު