އޮސްޓްރޭލިއަން އޯޕަން: ޖޮކޮވިޗު ކުއާޓާއަށް

ޖޯކޮވިޗް ހުރީ އޮސްޓްރޭލިއަން އޯޕަން 11 ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ އުންދާއެކު -- ފޮޓޯ/ އޭޓީޕީ ޓުއާ

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން މި ފަހަރުގެ މުބާރަތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖޯކޮވިޗް މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި 20 ވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އެޑްރިއަން މަނަރީނޯއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކާޟިޔާބު ކޮށްގެންނެވެ.

މެޗުގެ ސެޓުތައް ޖޯކޮވިޗް ކާމިޔާބު ކޮށްފައިވަނީ 6-0، 6-0 އަދި 6-3 އިންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖޯކޮވިޗާ ބައްދަލުކުރާނީ 12 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒްއާއެވެ. ފްރިޓްޒް މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

އެއީ، 7-6، 5-7، 6-3 އަދި 6-3 އިންނެވެ.

މުބާރާތުގައި ޖޯކޮވިޗަށް އެންމެ ބޮޑު ވާދައެއް ދޭނެކަމަށް ބުނެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

ސިނާ ކުރިއަށް އޮތް ކުއާޓާ ފައިނަލް މެޗު ކާމިޔާބު ކޮށްފިނަމަ ސެމީފައިނަލްގައި ޖޯކޮވިޗާ ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދިއުން ވަރަށް ގާތެވެ.

comment ކޮމެންޓް