އުނގޫފާރު ހޮސްޕިޓަލަށް ކުރާ އިހުމާލުގެ ބޮޑު ތުހުމަތު އަދިވެސް ބަލަނީ

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ/ ޓްވިޓާ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާބަނޑު އަންހެނަކަށް އިހުމާލުވިކަމަށް ތުހުމަތުކުރާ މައްސަލަ އަދިވެސް އޮތީ ތަހުގީގު މަރުހަލާގައި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި މިހާރު އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައި ވޭތޯ "ސަން"އިން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީން ބުނީ، މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށެވެ. އަދި، މައްސަލަ ބަލައި ނިމުނުހާ އަވަހަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުންޏެވެ.

https://sun.mv/186441

މި މައްސަލަ މީޑިއާއަށް ފެންމަތިވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން އެ މައްސަލަ ބަލައިކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް މައްސަލަ ބަލަންފެށީ ކޮން ދުވަހަކުކަން ހާމައެއް ނުކުރެއެވެ. މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ.

މި މައްސަލައިގައި ޝާމިލްވާ އަލީ ފަޔާޒް ބުނީ އޭނާގެ މާބަނޑު އަންހެނުން ހުން އައިސްގެން ފަރުވާ ހޯދުމަށް އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައީ ސެޕްޓެމްބަރު 14ވަނަ ދުވަހު ކަމަށެވެ. އެ ހިސާބުން އޭނާގެ އަންހެނުންނަށް ފަރުވާދިނުމުގަ އާއި ދަރިފުޅު ނިޔާވުމުގައި އުނގޫފާރު ހޮސްޕިޓަލުގެ އިހުމާލުވާކަމަށް ފަޔާޒާއި އާއިލާއިން ތުހުމަތު ކުރެއެވެ.

https://sun.mv/186395

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ހާލު ދެރަވެ ފަޔާޒްގެ އަންހެނުން މަރިޔަމް ސާނިޔާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔައީ ސެޕްޓެމްބަރު 19ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ފަޔާޒްގެ އަންހެނުން ނިޔާވީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

comment ކޮމެންޓް