މާބަނޑު އަންހެނަކަށް އުނގޫފާރު ހޮސްޕިޓަލުން އިހުމާލު ވިކަމަށް ތުހުމަތު ކުރާ މައްސަލަ ބަލަނީ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް --

މާބަނޑު އަންހެނަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިހުމާލުވި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ.

އެ ހޮސްޕިޓަލުން މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް އިހުމާލުވި ކަމަށް ތުހުމަތުކޮށް ދެކެވުނު ވާހަކަތަކެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ މީޑިއާއަށް ފެންމަތި ވެފައެވެ.

މި މައްސަލައިގައި ޝާމިލްވާ އަންހެންމީހާ މަރިޔަމް ސާނިޔާ (މަރީ)ގެ ފިރިމީހާ، އަލީ ފަޔާޒް ވަނީ ކަން ހިނގައި ދިޔަގޮތް ވަރަށް ތަފްސީލުކޮށް "ސަން"އަށް ކިޔައިދީފައެވެ.

https://sun.mv/186395

މި ހާދިސާގައި ތުއްތު ކުއްޖާ ނިޔާވެފައި ވަނީ ސެޕްޓެމްބަރު މަހުއެވެ. އެއަށް ފަހު އަންހެން މީހާ މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެނިކޮށް ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަ ތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

comment ކޮމެންޓް