ދެހާހާ ގާތްކުރާ އަދަދެއްގެ ގިނަ ފަތުރުވެރިންނާއެކު މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ އިންޑިއާއިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، ިމިހާރު މާލެ ކައިރި އޮތީ، އިޓަލީގެ ކްރޫޒް ލައިނާއެއް ކަމަށްވާ "ކޮސްޓާ ސެރީނާ" ކަމަށެވެ.
އެ ކްރޫޒް ލައިނާ އިންޑިއާގެ ކޮޗީއިން ފުރައިގެން، ރާއްޖެ އައީ މިއަދު ހެނދުނު 6:00 ޖެހިއިރެވެ.

"ކޮސްޓާ ސެރީނާ" އިން 1،985 ފަތުރުވެރިން އައިސްފައިވާއިރު 90 ޕަސެންޓް ފަތުރުވެރިން ނިސްބަތްވަނީ އިންޑިއާއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ކްރޫޒްލައިނާއަކީ މި އަހަރު ރާއްޖެ ޒިޔާރަތްކުރާނެ އެންމެ ބޮޑު ކްރޫޒްލައިނާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މި ކްރޫޒްލައިނާ އިން އައި ފަތުރުވެރިން މިއަދު މާލެ ފައިބައި އުޅުނު ކަމަށެވެ. އެގޮތުން ގިނަ ފަތުރުވެރިން ދަތުރު ޓުއާ ހަދައިލުމަށް ކައިރި ރަށްރަށަށް ދިޔަ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"އޭގެން ބައެއް ޕެސެންޖަރުން މާފުއްޓަށް ގޮސް ކްރޮސްރޯޑަށް ގޮސް، އެކަހަލަ ކުރު ޑޭ ޓުއާތައް ހަދައި އެބަ. ހުޅުމާލެގައާއި މާލެ ޝޮޕްތަކަށް ވެސް ޕެސެންޖަރުން ދޭ އެބަ،" ނަޝީދު ވިދާޅުވިއެވެ.

ކްރޫޒްލައިނާއިން އައި ފަތުރުވެރިން މާލެގަ ---ސަން ފޮޓޯ: އިންފިނިޓް މޮމަންޓްސް/ މުހައްމަދު ނަދީމް
"ކޮސްޓާ ސެރީނާ" މާލެގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ މިއަދު އެކަނި ކަމަށް ނަޝީދު ފާހަގަކުރިއެވެ. އަނެއްކާ ފުރާނީ ވެސް އިންޑިއާއަށެވެ.
މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި 2.01 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެއެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ކްރޫޒް ލައިނާއެއް ރާއްޖެ އައިސްފައި މިވަނީ، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، ކުރެއްވި ޕޯސްޓަކާއެކު ބައެއް ނައިބު ވަޒީރުން ހިމެނޭހެން ގިނަ ބަޔަކު މޯދީއާއި އިންޑިއާއަށް ވަރަށް ބޮޑަށް ކުޑައިމީސްވާ ގޮތަށް ވާހަކަދައްކައިފައި ވަނިކޮށެވެ.
އެ މައްސަލަ ގޯސްވެ، އިންޑިއާގެ ބޮޑެތި މީޑިއާތަކާއި ބޮލީވުޑުގެ ފިލްމީތަރިން ވެސް އަންނަނީ ފަތުރުވެރިކަމަށް ރާއްޖެ ދަތުރުނުކުރާން ހިތްވަރުދެމުންނެވެ.
comment މާނި
1 year 3 month ago
އަހަރުމެންގެ ސައިޒު އޮޅިގެން މިއުޅެނީ. އަހަރުމެންގެ މިނިވަންކަމާ އިސްތިގްލާލަށް ހީނަރުކަމެއް ނުވާހާހިނދަކު އެހެން ގައުމުތަކާ ވިދިގަނެގެން އުޅޭކަށް ނުޖެހޭ. ކޮންމެ ގައުމަކުންވެސް އެގައުމެއް ކުރިއަރުވަން މަސައްކަތްކުރާނެ. ރާއްޖޭއަށް ނަސީބުކުރައްވާފައިވާ ގުދުރަތީ ރީތިކަމުގެމަތީ ދެމިތިބެވޭނީ ސުލޫކާ އަޚްލާގުވެސް ރިވެތިކޮށްގެން. އަދި އަވަށްޓެރިގައުމުތަކާ ގާތްގުޅުންވެސް ބާއްވައިގެން. ރާއްޖެއަކީ މަދު ނިއުމަތްތަކެއް ލިބިފައިވާ ގައުމެއް ކަމުގައިވާއިރު އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭނެކަންވެސް ދަނެގެން. އަހަރުމެންގެ ދަރިންގެ ތަރިބިއްޔަތު ރަނގަޅުކުރަންޖެހޭ.
comment ޜަދުން
1 year 3 month ago
މިކަމުންވެސް ފިލާވަޅެއް ދަސްކޮއްބަލަ ހިތުގައި ހަސަދައާއި ރުޅިވެކަން އެއްފަރާތްކޮއްފަ އިންޑިއާ މީހުންގެ ސަގާފަތާ އަހަރުމެނަކައް ނުބެހެވޭނެ އެމީހުންނައް އިހްތިރާމް ކުރަންޖެހޭ އެއީ ކޮންމެ ދިނެއްގެ ބައެއްކަމައް ވިޔަސް. ދިވެހިންނައް ދިވެހިން ފެނިފަ ތިބެނީ އެންމެފަހުގެ ފޯނާ އަތްދަބަސް އެކަންއުންޓް ގަ ހިރަފުސް. ދެއްކުންތެރިކަން އިންތިހާއައް
reply ޓްވީޓޭމެން
1 year 3 month ago
ނޫނޭ ޓްވިޓަރޭމެން ލަދެއްހަޔާތެއް ނެތި އައުޓުކުރަން ނުވެނަގަންވީ. ދީން ހިމާޔަތްކުރެވޭނީ އޭރުންތާ