މި އަހަރުގެ ''ހެއްޔާ މަކީޓާ'' މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ކުރިޔަށްގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތުގެ ވަނަ ދެނީ--

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ މަކީޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ކޮންމެ އަހަރަކު ވެސް ބާއްވާ "ހެއްޔާ މަކީޓާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އެ ކުންފުނިން ބުނީ މި މުބާރާތުން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހު ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި، ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމަކީ ވެސް މުބާރާތުގެ ބޭނުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެގޮތުން، އެ މުބާރާތުގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ އިނާމުތަކަކީ:

  • އެއް ވަނަ އިނާމް: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • ދެ ވަނަ އިނާމް: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • ތިން ވަނަ އިނާމް: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ

އެ މުބާރާތުގައި ރަޖިސްޓްރީވުމަށް މަކީޓާ ޝޯރޫމަށާއި، އީމެއިލް ([email protected]) މެދުވެރިކޮށް އަދި 7980240 ނަމްބަރަށް ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 25ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00އެވެ.

އެ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް