ވަޓްސްއެޕުން ނަންބަރުގެ ބަދަލުގައި ޔޫޒާނޭމް ބޭނުންކުރެވޭ ފީޗާއެއް

ވަޓްސްއެޕުން އަންނަނީ އާ ފީޗާތައް ތައާރަފުކުރަމުން -- ފޮޓޯ/ ގެޓީއިމޭޖްސް

މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕުން، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒާނޭމް ބޭނުންކޮށްގެން ސާޗުކޮށް އެހެން މީހުންނާ ގުޅައިލެވޭނެ، އާ ފީޗާއެއް އުފައްދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަޓްސްއެޕް ފީޗާ ޓްރެކާ ޑަބްލިއުއޭބީޓާއިންފޯގެ ރިޕޯޓެއްގައި ވާގޮތުން މި ފީޗާ ފުރަތަމަ ތަޢާރަފުކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ވަޓްސްއެޕް ވެބް އިންޓަފޭސްއަށެވެ.

މި ފީޗާ ތަޢާރަފުކުރަން އަމިއްލަ ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒާނޭމް މެދުވެރިކޮށް، އާ ވަޓްސްއެޕް ކޮންޓެކްޓްތައް ބަލައި، އާ ވަޓްސްއެޕް ކޮންޓެކްޓްތައް އިތުރުކުރެވޭނެއެވެ. މި ފީޗާގެ ސަބަބުން ޔޫޒަރުންގެ ޕްރައިވެސީ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެއެވެ.

މި ފީޗާ ތަރައްގީ ކުރަމުން އަންނައިރު މި ކަމާ ގުޅުން ހުރި ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި ޓެލެގްރާމް ފަދަ އެހެން މެސެޖިން އެޕްލިކޭޝަންތަކެކޭ އެއްފަދައިން ވަޓްސްއެޕްގައި ވެސް މި ފީޗާ މަސައްކަތް ކުރާނެއެވެ. އަދި، މީގެ އިތުރުން ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމުގެ ގޮތުން ޔޫޒާނޭމް ކޮންމެ ވަގުތަކު ވެސް ބޭނުންވެއްޖެ ހިނދެއްގައި ބަދަލުކޮށްލުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

މި ފީޗާ އިތުރުވުމުން ވަޓްސްއެޕުން މުއާމަލާތްކުރަން ފޯނު ނަންބަރުތައް ހިއްސާކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި، މީގެ ކުރިން ވެސް ގިނަ ބަޔަކު އަޑު އުފުލާފައިވާ ޕްރައިވެސީ ކަންބޮޑުވުންތަކަށް އެ ކުންފުނިން އިޖާބަ ދެމުން އަންނަކަން ހާމަވެގެންދެއެވެ.

އައިއޯއެސްއާއި އެންޑްރޮއިޑް އެޕްލިކޭޝަނަށް ވެސް ޔޫޒާނޭމް ސާޗު ފަންކްޝަނަލިޓީ އަންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީކޮށް ރިލީޒްކުރާނެ ވަކި ޓައިމްލައިނެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް