މިނިސްޓްރީއާއި ޖަމިއްޔާއެއް ގުޅިގެން ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ހުކުރު ނަމާދު ކުރުމުގެ ތެރޭން-- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އަލް ޢަސްރު ޖަމިއްޔާގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން "ކޫލްނަސް އޮފް ދަ އައިޒް" ގެ ނަމުގައި ނަމާދު ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މި ނަމާދު ވޯކްޝޮޕް ބާއްވަން ނިންމާފައިވަނީ ޝައިހް އާދަމް ޝަމީމާ އެކު އަންނަ ހަފުތާ ބަންދުގައެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ހޯލްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލް ޢަސްރު ޖަމިއްޔާއިން ބުނިގޮތުގައި މި ވޯކްޝޮޕް ބާއްވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހި ކޮޮށްދިނުމަށެވެ.

މި ވޯކްޝޮޕްގައި ބައިވެރިވެވޭނީ 350 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް 7925277 އަށް މެސެޖް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ.

comment ކޮމެންޓް