ރަންބީރުގެ 'އެނިމަލް' ނެޓްފްލިކްސްއަށް

ރަންބީރު ކަޕޫރު ފިލްމު 'އެނިމަލް'ގެ މަންޒަރެއްގައި

ފިލްމު "ކަބީރް ޚާން"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "އެނިމަލް" ޑިޖިޓަލީ ރިލީޒްކުރާނީ ނެޓްފްލިކްސްގައިކަން ކަށަވަރު ވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލުމުގެ މަރުހަލާގައި އޮތްއިރު ސިނަމާއިން ފިލްމު ބެލި މީހުންނަށް ނުފެންނަ އިތުރު ނުވަ ވަރަކަށް މިނެޓް ނެޓްފްލިކްސްއިން ފިލްމު ބަލައި މީހުންނަށް ފެންނާނެ ކަމަށެވެ.

މި ފިލްމަކީ އިންޑިއާގެ ފަސް ބަހުރުވަޔަކުން ރިލީޒް ކުރެވުނު ފިލްމަކަށް ވެފައި ފިލްމުގެ ބެކްގްރައުންޑު ސައުންޑްގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ވުމުން ސަންދީޕް މަސައްކަތްކުރީ އެ މަސައްކަތް ހައްލުކުރުމަށެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭ ޑައިރެކްޓަރު ސަންދީޕް ވަނީ ފިލްމުގެ އަސްލު ދިގުމިން ކުރުކޮށްފައި ކަމަށާއި ނެޓްފްލިކްސްއަށް ފިލްމު ދޫކޮށްލާއިރު އެ ހުރިހާ މައްސަލަތައް ވެސް ހައްލު ކުރާނެ ކަމަށް ވަނީ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އެނިމަލް" ރިލީޒްކުރި ހަފުތާގައި ހުރިހާ ޓެކްނީޝަނުން ނިދާފައިވަނީ ޓެކްނިކަލް މަސައްކަތް ކުރި އޮފީސްތެރޭ ކަމަށާއި އެއްވެސް އިތުރު ކަމަކައި ވިސްނާލުމުގެ ފުރުސަތެއް ނުލިބޭ ކަމަށް އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުގައި ސަންދީޕް ވަނީ ބުނެފައެވެ.

ރަންބީރު ކަޕޫރު 'އެނިމަލް'ގެ ޑައިރެކްޓަރު ސަންދީޕް ރެޑީއާ އެކު-- ފޮޓޯ އިންޓަނެޓް
ރަންބީރު ކަޕޫރާ އެކު އެކްޓަރު ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު މުހިއްމު ރޯލެއް ކުޅެފައިވާ މި ފިލްމު ޑިޖިޓަލީ ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލަން ނިންމާފައިވީ ނަމަވެސް އެއީ ކޮން ތާރީޚެއް ކަމެއް އަދި ހާމަ ނުކުރެއެވެ. އެންމެ 100 ކްރޯރް ރުޕީސްއިން އުފެއްދި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި 880 ކްރޯރް ރުޕީސް ވަނީ ލިބިފައެވެ.

comment ކޮމެންޓް