މިރޭ ވެސް ބްރިޖުގައި މަސައްކަތްކުރާތީ ސަމާލުވާން އެދިއްޖެ

ސިނަމާލެ ބްރިޖު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ވެސް ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ މިރޭ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ދުއްވާފައި ދާއިރު ސަމާލުވުމަށް އެދިފައެވެ.

ފުލުހުން ބުނީ މިރޭ 1:00އިން ފެށިގެން ތިން ގަޑިއިރަށް ފުލުހުން ބުރިޖުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

"އެ ވަގުތުތަކުގައި ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެއެވެ.

ރޭ ވެސް މަސައްކަތެއް ކުރުމަށް ޓަކައި ބްރިޖުގެ އެއް ލޭން ދެ ގަޑިއިރަށް ބަންދުކުރިއެވެ.

ބްރިޖުގައި ކުރަނީ ކޮން މަސައްކަތެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާރު ވެސް މެއިންޓެނެންސް މަސައްކަތަށް ދޭތެރެ ދޭތެރެއިން ބްރިޖުގެ ލޭންތައް ބަންދުކުރެއެވެ.

comment ކޮމެންޓް