ކުޑަކުދިންގެ ކަށީގެ އޮޕަރޭޝަންތަކަށް ޚާއްސަ ޚިދުމަތް ޓްރީ ޓޮޕުގައި ހޮނިހިރު ދުވަހު ފަށަނީ

ކުޑަކުދިންގެ ކަށީގެ އޮޕަރޭޝަންތަކަށް ޚާއްސަ ޚިދުމަތް ޓްރީޓޮޕުގައި އަންނަ ހޮނިހިރު ދުވަހު ޑރ. އަތުލް ބާސްކަރުއާއެކު ފަށަނީ-- ފޮޓޯ/ ޓްރީޓޮޕް

ކުޑަކުދިންގެ ކަށީގެ އޮޕަރޭޝަންތަކަށް ޚާއްސަ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މި ޚިދުމަތް އެ ހޮސްޕިޓަލުން ދޭނީ މެޑިކަލް ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަށީގެ ބަލިތަކަށް ޚާއްސަ، ޑރ. އަތުލް ބާސްކަރެވެ.

އޭނާވަނީ އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން އެމްބީބީއެސް ހާސިލްކުރައްވައި، އެއަށްފަހު މާސްޓާސް އޮފް ސާޖަރީ ވެސް ހާސިލް ކުރައްވައިފައެވެ. އަދި އޭނާ ވަނީ ކެނެޑާގެ ޓޮރޮންޓޯގެ ހޮސްޕިޓަލް އޮފް ސިކް ޗިލްޑްރަންގައި ޕީޑިއެޓްރިކް އޯތޮޕެޑިކްސްގެ ފެލޯޝިޕް ޓްރެއިނިން ހަދާފައެވެ.

އެ ހޮސްޕިޓަލުން ބުނީ، ޑރ. އަތުލްގެ ޚިދުމަތް އެ ހޮސްޕިޓަލުން ގަވައިދުން ލިބޭނެކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޚިދުމަތް ލިބިގެންދާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ. އަތުލް ވިދާޅުވީ، 2008 ވަނަ އަހަރު އައިޖީއެމްއެޗަށް ޒިޔާރާތް ކުރެެއްވި ކަމަށާއި އޭރު ވެސް ކަށީގެ ފަރުވާ ބޭނުންވާ ކުޑަކުދިން ރާއްޖޭގެ އެކި ރަށްތަކުން ފެނުނު ކަމަށެވެ. ނަމަވެސް ސީދާ އެފަދަ ފަރުވާއަށް ބޭނުންވާ ކުދިންގެ ދިރާސާއެއް ހެދިފައި ނުވާ ކަމަށް ޑރ. އަތުލް ވިދާޅުވިއެވެ.

ޑރ. އަތުލް ވިދާޅުވީ ކުޑަކުދިންގެ ކަށީގެ ބަލިތަކަކީ އާންމު ގޮތެއްގައި އުމުރުން ވަރަށް ހަގު އިރުގައި ދެނެގަނެވޭނެ ބަލިތަކެއް ކަމަށެވެ. ގާތްގަނޑަކަށް ކުއްޖާގެ އުމުރުން ތިން މަހުގައި ވެސް ބައެއް ބަލިތައް ދެނެގަނެވޭނެ ކަމަށް ޑރ. އަތުލް ވިދާޅުވިއެވެ.

ޑރ. އަތުލް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓީމާއެކު ވަރަށް ރަނގަޅަށް ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ސްކްރީނިން ޕްރޮގްރާމުގައި އުޅޭ ޓީމަކީ ވަރަށް ހުނަރުވެރި ޓީމެއްގެ ގޮތުގައި ޑރ. އަތުލް ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުން ވެސް ދައްކަން އަންނަ ފަރާތްތަކުން ޓްރީޓޮޕް ހޮސްޕިޓަލް ޚިޔާރުކުރެއްވުމަށް ވަނީ އެދިލައްވައިފައެވެ.

ޑރ. އަތުލް ދެއްވާނެ ބައެއް ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި:

  • ކްލަބްފޫޓް ކަރެކްޝަން
  • ހިޕް ޑިސްލޮކޭޝަން ސާޖަރީ
  • ބޮޓޮކްސް އެންޑް ސެރެބްރަލް ޕަލްސީ މެނޭޖްމަންޓް
  • ނިގްލެކްޓެޑް އެންޑް ޑިލޭޑް ޓްރޯމާ
  • ލިމްބް ޑިފޯމިޓީ ކަރެކްޝަން އެންޑް ލެންތަނިން
  • ގްރޯތް މޮޑިއުލޭޝަން ސާޖަރީ ފޯ ބޯ ލެގްސް އެންޑް ޖެނޫ ވަލްގަމް
  • މެޓަބޮލިކް ބޯން ޑިސީސް ޓްރީޓްމަންޓް

މި ޚިދުމަތަށް އެދި އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ނަންބަރު 3351610 އަށެވެ. ނޫނީ އީމެއިލް ކުރާނީ [email protected] އަށެވެ.

comment ކޮމެންޓް