މީހަކު ރަހީނުކޮށް، އޮރިޔާން ކާޑު ހެދުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މީހަކު ރަހީނުކޮށް، އޮރިޔާން ކާޑު ހެދި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، މީހަކު ރަހީނުކޮށް މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެއީ 25 އަހަރާއި 26 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 25 އަހަރުގެ މީހާއަށް ވަނީ 12 ދުވަސް ޖަހައިފައެވެ. އަދި 26 އަހަރާއި 27 އަހަރުގެ މީހާއަށް ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ.

އެ ދެ މީހުންގެ ބަންދަށް ކުރު މުއްދަތެއް ދިނީ ދިފާއީ ވަކީލާ ބައްދަލުވެ، މަޝްވަރާކުރެވިފައިނުވާ ކަމަށް އެ ދެ މީހުން ބުނެފައިވާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން ކޯޓު އަމުރުގައިވާ ގޮތުން އެ ތިން މީހުންގެ މައްޗަށް ރަހީނުކުރުމާއި އޮރިޔާން ކާޑު ހެދުމުގެ އިތުރުން ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި ފޭރުމާއި ވައްކަން ކުރުން ހިމެނެއެވެ.

ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް