ޓެޑްރީގެ "ލަސްވިޔަސް" މި ފެށޭ އަަހަރުގެ އެޕްރީލް 12ގައި އަަޅުވަނީ

ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެނެސްދޭ ފިލްމު "ލަސްވިޔަސް" އަންނަ އަހަރުގެ އެޕްރީލް މަހު ނެރޭނެ ތާރީޚު އިއުލާންކޮށްފިއެވެ.

ޓެޑްރީގެ މި ފިލްމު ނެރޭނީ އެޕްރީލް 12ގައެވެ.

އެ ފިލްމުގެ ފިރިހެން ލީޑުން އަހުމަދު އީސާ (އާނަންދު) ފެނިގެންދާއިރު ފިލްމުގެ އަންހެން ލީޑުން ފެންނާނީ ވާޝިޔާ މުޙައްމަދެވެ. ވާޝިޔާގެ ފަރާތުން މި ފިލްމުގައި މުހިންމު ދައުރެއް ފެންނާނެއެވެ.

މި ފިލްމާ ގުޅުންހުރި އިތުރު މައުލޫމާތުތައް އަންނަ މަހު ހާމަކުރާނެ ކަމަށް ވެސް ފިލްމުގެ ޑައިރެކްޓަރު ޓެޑްރީ ވިދާޅުވިއެވެ.

މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު ޓެޑްރީ ބުނީ ފިލްމުގެ ޝޫޓިން ފަށާނީ ކޮވިޑް19 ގެ ކަންތައް ހަމައަކަށް އެޅުމުން ކަމަށެވެ. އަދި ފިލްމު އަންނަ އަހަރު ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ލަސްވިޔަސް ގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަންގެ އެކްޓިން ވެސް ފެންނާނެ އެވެ. ޒޯޔާ މި ފިލްމުން ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. "ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިން ވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

comment ކޮމެންޓް