ފިލްމީތަރި ޖާދު ލަންކާގައި އެކްސިޑެންޓްވެ، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

"ބައިސްކޯފް" ލޯންޗުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލްމީ ތަރި ޖާދުﷲ އިސްމާއީލް (ޖާދު) ސްރީލަންކާގައި އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއް ލިބި، ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގީ އަންގާރަ ދުވަހު ލަންކާގައެވެ. ހަމަ އެ ދުވަހު ޖާދު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންވަނީ ފަށާފައެވެ.

"ސަން" އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ޖާދުގެ އަތަށާއި ދެ ކޮނޑަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެ ކަންކަމަށް ފަރުވާ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ހަ ގަޑިއިރުގެ އޮޕްރޭޝަނެއް ވެސް ކޮށްފައިވެއެވެ.

ފިލްމީ ތަރި ޖާދު އެކްސިޑެންތްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ ---

ޖާދުގެ ހާލު މިހާރު ރަނގަޅު ނަމަވެސް ވާހަކަދެއްކުމުގައި އޭނާއަށް އުނދަގޫތަކެއް އެބަހުއްޓެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ ލަންކާއަށް ޑޮކްޓަރަށް ދެއްކުމަށް ޖާދު ކުރި ދަތުރެއްގައެވެ. އެކްސިޑެންޓް ހިނގިއިރު ޖާދު އުޅުނީ ބާޒާރުކުރުމަށް ނިކުމެއެވެ.

އަވަށްޓެރި ގައުމުތަކާއި، ދިވެހިން ގިނައިން ދިރިއުޅޭ ބޭރު ގައުމުތަކުގައި ހިނގާ މިފަދަ ހާދިސާތަކުގައި މަދުން ނަމަވެސް ދިވެހިންނަށް އަނިޔާވެ، ގެއްލުންވެފައި އެބަހުއްޓެވެ.

comment ކޮމެންޓް