ފެނަކައަށް 2 ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަނުކޮށްފި

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނު ކުރެއްވި އިބްރާހިމް ނާއިފް އަދި ހުސެން ޒުހުރީ--

ރާއްޖޭގެ އެކި ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާ ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ފެނަކައަށް މުޅިން އަލަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަނު ކޮށްފިއެވެ.

މި މަގާމަށް އައްޔަނުކޮށްފައިވަނީ އިބްރާހިމް ނާއިފާއި ހުސެން ޒުހުރީއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކޮށްފައިވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ.

އެއާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑަށާއި އިސް މަގާމުތަކަށް އެކި ބޭފުޅުން އައްޔަންކުރަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައިކަމަށް އިންތިގާލީ މަރުހަލައިގައި ހޯދި ހޯދުންތަކުންވަނީ ހާމަވެފައެވެ.

އެގޮތުން 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބިކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ވެސް ދައްކައެވެ.

comment ކޮމެންޓް