ބާ އިމްތިހާނުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި އެމްއެންޔޫގެ ހަތަރު ދަރިވަރުން

މިއަރުގެ ބާ އިމްތިހާނުގެ ބާ އިމްތިހާނުގެ ތެރެެއިން--- ފޮޓޯ/ބާ ކައުންސިލް

ގާނޫނީ ވަކީލަކަށް ވުމަށްޓަކައި ފާސްވާން ޖެހޭ ބާ އިމްތިޙާނުގެ ނަތީޖާއިން އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަސް ދަރިވަރުން ހިމެނިއްޖެއެވެ.

ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނު 149 މީހުންނާއެކު ފަށައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 21ގައެވެ.

ބާ އިމްތިހާނަކީ ގާނޫނީ ފަންނު އިތުރަށް ހަރުދަނާކުރުމަށް ޓަކައި، ގާނޫނީ ފަންނާ އަލަށް ގުޅޭ މީހުންނަކީ ގާނޫނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ގާބިލު ބައެއްކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ބާ ކައުންސިލުން ބާއްވާ އިމްތިހާނެކެވެ.

އެމްއެންޔޫއިން ބުނީ މި އަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވި 149 ދަރިވަރުންގެ ތެރެއިން 66 ޕަސެންޓް ދަރިވަރުން ފާސްވެފައިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނުނު އެމްއެންޔޫގެ ދަރިވަރުންނަކީ:

• އިސްމާއިލް ޙާފިޘް

• ފާތިމަތު ޝިނާޒާ

• ފާތިމަތު ނަޒާހާ ނަޞީރު

• އާމިނަތު ސަމާހާ ނަޞީރު

މިދިޔަ އަހަރުގެ ބާ އިމްތިހާނުގެ އެންމެމަތި ޕާސިން ރޭޓް ހޯދާފައިވަނީ ވަނީ ވެސް އެމްއެންޔޫގެ ދަރިވަރުންކަން އެ ޔުނިވާސިޓީން ފާހަގަކުރިއެވެ.

comment ކޮމެންޓް