ރެސްޓޯރަންޓަށް ވަދެ ކާންފެށުމުގެ ކުރިން ވެއިޓަރު ލައްވާ މޫނުގައި ޖަހަން ބޭނުންތަ؟

މިހާރު އިންޓަނެޓްގައި އެންމެ ވައިރަލްވެފައިވާ އެއް ވީޑިއޯއަކީ ޖަޕާނުގެ ރެސްޓޯރަންޓަކަށް ކާން ދާ މީހުން ލާރި ދީގެން، އެ މީހުންގެ މޫނުގައި ވެއިޓަރުން ލައްވާ ޖަހާ ވީޑިއޯއެވެ.

ކަސްޓަމަރުންގެ ތަރުހީބު ހޯދުމަށް އެ މީހުންނަށް ޚިދުމަތްދިނުގެ އާގޮތްތައް ދުނިޔޭގެ އެކި ހިސާބުތަކުގެ ރެސްޓޯރަންޓްތަކުގައި ތަޢާރަފްކުރާއިރު، ޖަޕާނުގެ ރެސްޓޯރަންޓަކުން ތަޢާރަފްކޮށްފައިވާ މިޚިދުމަތަކީ، ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ޚިދުމަތެކެވެ.

ޖަޕާނުގެ ނަގޯޔާގައި ހުންނަ މި ރެސްޓޯރަންޓަށް ކާން އަންނަ މީހުން 300 ޖަޕަނީސް ޔެން ދިނުމުން، އެ މީހުންގެ މޫނުގައި އަންހެން ވެއިޓަރުން އެތައް ފަހަރަކު ޖަހައެވެ. މިއީ ކަސްޓަމަރުން ބޭނުންވެގެން އެ މީހުންގެ އެދުމުގެ މަތިން އެ ރެސްޓޯރަންޓުން ދޭ ޚިދުމަތެކެވެ. އަދި ވަކި ޚާއްސަ ވެއިޓަރަކު ލައްވާ ޖަހަން ބޭނުންނަމަ އަގަކީ 500 ޖަޕަނީސް ޔެންއެވެ.

އެ ރެސްޓޯރަންޓުގެ މެނޫގައި ހިމަނާފައިވާ މި ޚިދުމަތަށް ރެސްޓޯރަންޓަށް އަންނަ ޖަޕާނުގެ އަންހެން އަދި ފިރިހެން ކަސްޓަމަރުންނާއި، ފަތުރުވެރިންގެ މެދުގައިވެސް ވަރަށް ބޮޑަށް މަޤްބޫލުކަމެއް ލިބި، ރެސްޓޯރަންޓަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައިއެވެ. އަދި މިވީޑިއޯ ވައިރަލްވެ، އެ ޚިދުމަތް ހޯދުމަށް އަންނަ މީހުން އިތުރުވެފައިވާއިރު، އެ ރެސްޓޯރަންޓުން މިހާރު ވަނީ މި ޚިދުމަތް މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު