އެފްރިކާގައި އުމުރުން 70 އަހަރުގެ އަންހެނަކު އެއްމާބަނޑު ދެކުދިން ވިހައިފި

އެފްރިކާގައި އުމުރުން 70 އަހަރުގެ އަންހެނަކު އެއްމާބަނޑު ދެކުދިން ވިހައިފިއެވެ.

ޔޫގަންޑާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ސަފީނާ ނަމުކުވާޔާއަށް އުމުރުން 70އަހަރުގައި އެއްމާބަނޑު ދެކުދިން ލިބިފައިމިވަނީ، އައިވީއެފް ޓްރީޓްމަންޓް ހަދައިގެންނެވެ.

ޔޫގަންޑާގެ ކަމްޕާލާގައި ހުންނަ އަންހެނުންނާބެހޭ ޚާއްސަ ހޮސްޕިޓަލެއްގައި އޭނާ ވިހެއީ ސިޒޭރިއަން ހަދައިގެން ކަމަށާއި، އޭނާއަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ނަމުކުވާޔާ ވިހެއީ ދުވަސް ނުފުރާ ބަނޑަށް ހަތް މަހުގައި ކަމަށް ވާތީ، އެ ދެ ކުދިންނަށް ފަރުވާ ދެމުން އަންނަނީ ނާސަރީގައެވެ. ދެ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ކަމްޕާލާގައި ހުންނަ އަންހެނުންނާބެހޭ ޚާއްސަ މިހޮސްޕިޓަލަކީ، އައިވީއެފް ޓްރީޓްމެންޓްގެ ޚާއްސަ ސެންޓަރެއްގެ ޚިދުމަތްވެސް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ދަރިމައިވުމުގެ ސިއްޙަތާއި، އައިވީއެފް ޓްރީމެންޓް ދިނުމުގައި އެ ސަރަޙައްދުގައި އެ ހޮސްޕިޓަލުން ހޯދަމުން އަންނަ ކުރިއެރުންތައް ދައްކުވައިދޭ ކަމެއްކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު