އާމިރު ޚާން، މޯނާއަށް ކިޔަނީ މަންމަ

އާމިރު ޚާން ބަތަލާ މޯނާ ސިންގްއާ އެކު

މިދިޔަ އަހަރު އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ލާލް ސިންގް ޗައްދާ"އަށް ފަހު ބަތަލާ މޯނާ ސިންގާ, އާމިރު ޚާން ވާހަކަދައްކަނީ ކުރަނީ މަންމަ ކިޔާފައި ކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"ގައި މޯނާ ކުޅެފައިވަނީ އާމިރު ޚާންގެ މަންމަގެ ރޯލެވެ. ފިލްމު "ލާލް ސިންގް ޗައްދާ"ގައި އާމިރު ޚާންގެ މަންމަގެ ރޯލަށް ފަހު މިދިޔަ އަހަރުގެ މަންމައިންގެ ދުވަހުގެ ތަހުނިޔާ ވެސް އާމިރު ވަނީ ބަތަލާއަށް ފޮނުވާފައި ކަމަށް މޯނާ ވަނީ ބުނެފައެވެ.

ހިއުމަންސް އޮފް ބޮމްބޭއަށް ދިން އިންޓަވިއުގައި މޯނާ ސިންގް ވަނީ އާމިރާ އެކު "ތްރީ އިޑިއަޓްސް" އާއި އޭގެ ފަހުން މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންގް ޗައްދާ" ގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެގޮތުން އާމިރު ޚާނަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ތަޖުރިބާހުރި އެކްޓަރަށްވީ ނަމަވެސް އާމިރުގެ ކިބައިގައި އެއްވެސް ކަހަލަ ބޮޑާކަމުގެ ސިފައެއް ނެތްކަމަށް މޯނާ ވަނީ ބުނެފައެވެ.

މޯނާއަކީ ޓެލެވިޒަން ބެކްގްރައުންޑަކާ އެކު ބޮލީވުޑަށް ނުކުތް ބަތަލާއަކަށް ވީނަމަވެސް އާމިރު މޯނާއާ އެހެން ލީޑް ބަތަލާއިންނާ ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މޯނާ ވަނީ ބުނެފައެވެ.

މަންމައިންގެ ދުވަހު އާމިރު ޚާންގެ ފަރާތުން ލިބުނު ފޯން ކޯލަކީ ހަގީގަތުގައި ވެސް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި އަދި، އާމިރުގެ މަންމާއާ އެކު އެ ދުވަހު ވަރަށް ގިނަ ވާހަކަތައް ދެކެވުނު ކަމަށް މޯނާ ވަނީ ބުނެފައެވެ.

މޯނާ ސިންގް އަދި ފިލްމު "ލާލް ސިންގް ޗައްދާ"ގައި އާމިރު ޚާން

ސޮނީގެ މަޝްހޫރު ޓެލެވިޒަން ސީރީސް "ޖައްސީ ޖައްސީ ކޮއި ނެހީހޭ"އިން ބޮޑު މަގުބޫލު ކަމެއް ހޯދި މޯނާ އެންމެ ފަހުން ފެނިފައި ވަނީ އެމޭޒަން ޕްރައިމްގައި ރިލީޒްކުރި "ކާލާ ޕާނީ" އިންނެވެ.

މި އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި "މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަންގައި މޯނާ ކުޅުނު ރޯލަށް ވަރަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ފުރަތަމަ ފިލްމު "ސްޓާޑަމް"ގެ ރޯލަކުން މޯނާ ފެންނާނެއެވެ.

comment ކޮމެންޓް