ވިންޑޯޒް 11 އަށް އެނާޖީ ސޭވިން މޯޑެއް

މައިކްރޮސޮފްޓުން ވިންޑޯޒް 11 ގައި، ލެޕްޓޮޕާއި ޑެސްކްޓޮޕް ޕީސީތަކަށް އެނާޖީ ސޭވާ މޯޑެއް އިތުރުކޮށްފިއެވެ.

ވިންޑޯޒް 11 ޑެސްކްޓޮޕް ބޭނުންކުރާ ނަމަ މިހާރު އެ މޯޑުގެ ޒަރީއާއިން ކަރަންޓު ޚަރުދުވާ މިންވަރު ކުޑަ ކުރެވޭނެއެވެ.

މައިކްރޮސޮފްޓުން އަލަށް އިތުރުކުރި މި މޯޑަކީ މީގެ ކުރިން ވެސް ވިންޑޯޒްގައި ބޭނުންކުރާ ބެޓެރީ ސޭވާ އޮޕްޝަން "އެކްސްޓެންޑްކޮށް އިތުރުކޮށްދޭ" މޯޑެކެވެ. ބެޓެރީ ސޭވާއާ އެނާޖީ ސޭވިން މޯޑަކީ ހަމައެކަނި ލެޕްޓޮޕަށް ހާއްސަ މޯޑެއް ނޫނެވެ. މި މޯޑް ޑެސްކްޓޮޕް ކޮމްޕިއުޓަރެއްގައި ވެސް އެނާޖީ ސޭވާއެއްގެ ގޮތުގައި މިހާރު ބޭނުން ކުރެވޭނެއެވެ.

"މި ބިލްޑުން (ބިލްޑް 26002) ފަށައިގެން އަޅުގަނޑުމެން މި ތައާރަފުކުރަނީ އެނާޖީ ސޭވާއެއް، އޭގެ ސަބަބުން ބެޓެރީ ސޭވާ ފުޅާކޮށް، އިތުރުކޮށްދޭ. މިއީ ސިސްޓަމް ޕާފޯމަންސް ރަނގަޅުކޮށް ބެޓެރީގެ ލައިފް ފުޅާކޮށް ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ފަސޭހަ ގޮތެއް،" މައިކްރޮސޮފްޓްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ ސިސްޓަމް ޓްރޭއިން ކުއިކް ސެޓިންގްސް މެދުވެރިކޮށް އެނާޖީ ސޭވާ މޯޑް އޮން އަދި އޮފް ކޮށްލެވިދާނެ ކަމަށާއި ނުވަތަ ޑިވައިސް ވަކި ބެޓެރީ އިންސައްތައަކަށް ވާސިލްވާ ކޮންމެ ފަހަރަކު އޮޓޮމެޓިކުން ރަން ކުރެވޭނެ ގޮތަށް ހަމަޖެއްސިދާނެ ކަމަށެވެ.

އެގޮތުން ސިސްޓަމަށް ދިއުމަށް ފަހު ނެވިގޭޝަން ޓު ޕަވާ އަދި ދެން އެނާޖީ ސޭވާއަށް ދެވޭނެއެވެ.

މައިކްރޮސޮފްޓުން ބުނީ ބެޓެރީގެ އުމުރު އިތުރުކުރުމަށް އޮޕްޓިމައިޒް ކުރި ނަމަވެސް، ހަކަތަ ރައްކާކުރުމަށް އަމާޒުހިފާ ފަރާތްތަކަށް ޕީސީ ޕްލަގް އިން (އޭގެ ތެރޭގައި ޑެސްކްޓޮޕް ޕީސީ ވެސް ހިމެނޭ) އެނާޖީ ސޭވާ ލިބޭނެ ކަމަށެވެ.

ކެނެރީ ޗެނަލްގެ ވިންޑޯޒް 11 އިންސައިޑާސްއަށް އެނާޖީ ސޭވާ މޯޑް މިހާރު އަންނަނީ ރޯލް އައުޓް ކުރަމުންނެވެ.

އެނާޖީ ސޭވާ މޯޑް --

އެހެން ބައެއް ރިޕޯޓްތައް ބުނާގޮތުގައި މައިކްރޮސޮފްޓުން ދާދި ފަހުން ވަނީ ކޮޕައިލޮޓްގެ ނަމުގައި ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕަވާޑް ޓޫލް ނެރެން ފަށައިފައެވެ.

ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގެ ޓެސްޓަރުންގެ ގޮތުގައި ހިމެނޭ ވިންޑޯޒް އިންސައިޑާސްއަށް މީގެ ކުރިން މި ފުރުޞަތު ލިބެން ހުރުމަށް ފަހު، ޕްރީ-ރިލީޒް ޗެނަލްގައި ސްޓޭބަލް ބޭނުންކުރާ ފަރާތްތަކަށް ކޮޕައިލޮޓް ވަނީ މިހާރު ތައާރަފުކޮށްފައެވެ. ކޮޕައިލެޓް ބިންގް އޭއައި ބޭނުންކޮށްގެން ކުރާ ކޮންމެ ސުވާލަކަށް ވެސް ޑެސްކްޓޮޕްގައި ޖަވާބު ދެއެވެ.

ކޮޕައިލޮޓް ބަޓަން ޓާސްކްބާގައި ހުންނަ ސާޗް ބާ ކައިރީގައި ލިބެން ހުންނައިރު، އެ ބަޓަނަށް ކްލިކް ކުރުމުން ކަނާތް ފަރާތުގައި ސައިޑްބާއެއް ހުޅުވިގެން ދެއެވެ.

ވިންޑޯޒް 11 އަކީ މައިކްރޮސޮފްޓްގެ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ޖެނެރޭޝަނެވެ. އެންމެ ފުރަތަމަ 2021 ވަނަ އަހަރުގެ ޖޫން މަހު އިފްތިތާހުކޮށް، އެ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ލޯންޗްކުރި ވިންޑޯޒް 11 ރަމްޒުކޮށްދެނީ ފަސް އަހަރަށް ފަހު މައިކްރޮސޮފްޓްގެ އޯއެސްއަށް ފުރަތަމަ ބޮޑު ބަދަލެއް ގެނައުމެވެ.

comment ކޮމެންޓް