އައްޑޫގައި ބޮޑު މާރާމާރީއެއް، ޒަހަމްވި މީހާގެ ހާލު ސީރިއަސް

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕުގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ ހިންގި މި މާރާމާރީގައި 30 އަހަރުގެ ދިވެހި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފައިވާ ކަމަށެވެ.

އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް