ޔުއޭފާ ޔޫރޮޕާ ލީގު ގްރޫޕް އޭގައި ވެސްޓް ހޭމް ޔުނައިޓެޑާއި ޓީއެސްސީ ބަކާ ޓޮޕޯލާ ބައްދަލުކުރި މެޗު ވެސްޓް ހޭމް އިން ކާމިޔާބުކޮށްފިއެވެ.
ޓީއެސްސީގެ ދަނޑުގައި ކުޅުނު މި މެޗު ވެސްޓް ހޭމްއިން ކާމިޔާބު ކޮށްފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ވެސްޓް ހޭމްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދައިފައިވަނީ ޓީއެސްސީއިންނެވެ.
ވެސްޓް ހޭމްއަށް އެ ޓީމުގެ އެންމެ ރަނގަޅުކުޅުން ނުދެއްކުނު ނަމަވެސް އެންމެފަހު ވަގުތުވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 89ވަނަ މިނެޓްގައި ވެސްޓް ހޭމްއަށް ޖަހައިދިނީ ތޯމަސް ސޯޗެކްއެވެ.
ސޯޗެކްގެ މި ލަނޑާއެކު ވެސްޓް ހޭމްއިން މިހާރުވަނީ އެޓީމް އެންމެ ފަހުން ޔޫރަޕްގައި ކުޅުނު 20 މެޗުގައި ލަނޑު ޖަހާފައެވެ. އަދި މީގެ ތެރެއިން 18 މެޗުން މޮޅުވެފައިވައިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މި ކާމިޔާބީއާއެެކު ގްރޫޕް އޭގައި ވެސްޓް ހޭމް ކުޅުނު ފަސް މެޗުން ވަނީ 12 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނައަށް އަރައިފައެވެ. އަދި ޓީއެސްސީ އުޅެނީ އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.