ޕްލާސްޓިކްގެ 14 ބާވަތެއް މަނާކުރިއިރު، އެއް ލީޓަރުގެ ފެންފުޅި މަނާކުރާ ތާރީޚް ފަސްކޮށްފި

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލަ ޕްލާސްޓާއި ޕްލާސްޓިކްގެ 14 ބާވަތެއް މަނާ ކުރި އިރު، އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚް ފަސްކޮށްފިއެވެ.

އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅިއަކީ މިއަދުން ފެށިގެން އުފެއްދުމާއި ބޭނުންކުރުން ވެސް މަނާވާގޮތަށް ނިންމާފައިވާ ބާވަތެކެވެ.

ނަމަވެސް ރައީސްގެ ގަރާރުގައި ވަނީ، އެ ގަރާރާއެކު ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރިން ކަނޑައަޅާފައިވާ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުމާއި ގަނެވިއްކުމާ ގުޅޭގޮތުން ކުރިން އޮތް އަތުން ބާތިލް ވާނެ ކަމަށެވެ.

ރައީސް ގެންނެވި ބަދަލާ އެކު، އެއް ލީޓަރާއި އެއަށް ވުރެ ކުދި ސައިޒުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނީ އަންނަ އޯގަސްޓް 1، 2024 އިން ފެށިގެންނެވެ. އަދި، އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

ރައީސް މަނާކުރެއްވި 14 ބާވަތް:

  • ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި ސަމުސާ، ވަޅި، އޫ އަދި ދިޔާއެއްޗެހި ގިރުމަށް ބޭނުންކުރާ ދަނޑިކޮޅި
  • ސްޓައިރަފޯމް ތަށި
  • 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކް ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  • ޕްލާސްޓިކް ޕެކެޓު ފިޔަވާ އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  • 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑުކޮޅު ލާފައި ހުންނަ ކަފަބުރު
  • 50 މިލިލީޓަރުން ފެށިގެން 50 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
  • 50- މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
  • 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް
comment ކޮމެންޓް