10000 ޑޯނަޓް އަރުވާފައި އޮތް ވޭނެއް ވަގަށް ނަގައިފި

އޮސްޓްރޭލިޔާގައި 10000 ޑޯނަޓް އަރުވާފައި އޮތް ވޭނެއް ވަގަށް ނަގައިފިއެވެ.

މި ހާދިސާގައި ވަގަށް ނަގާފައިވަނީ މަޝްހޫރު ކްރިސްޕީ ކްރީމްގެ 10000 ޑޯނަޓް ޑެލިވަރީ ކުރުމަށް ދިޔަ ވޭނެއް ޕެޓްރޯލް ސްޓޭޝަނެއް ކައިރީ މަޑުކޮށްފައި އޮއްވައެވެ.

ޑްރައިވަރު ފައިސާ ދެއްކުމަށް ސާވިސް ސްޓޭޝަންގެ އެތެރޭގައި ހުއްޓާ މިކަން ކުރި މީހާ ވޭނަށް އަރައިގެން ދިޔައީކަމަށް ޚަބަރުތައް ބުނެއެވެ. އެ ސާވިސް ސްޓޭޝަންގެ ސީސީޓީވީ ފުޓޭޖަށްވެސް މި މަންޒަރު ރެކޯޑްވެފައިވެއެވެ.

ވޭން ވަގަށް ނެގީ އަންހެނެއް ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ކްރިސްޕީ ކްރީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޮސްޓްރޭލިޔާގެ ކާލިންގްޓަނުން ނިއުކާސްލްއަށް ޑެލިވަރީކުރުމަށް ގެންދިޔަ ދިހަ ހާސް ޑޯނަޓުގެ އަގު، ސާޅީސްހާސް ޑޮލަރަށް އަރާކަމަށް ވެސް ޚަބަރުތަކުގައި ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު