ފަޓީއަށް އަނިޔާވެ، ކުޅުމާ ދުރަށް

ލޯނުގެ ދަށުން ބްރައިޓަންއަށް ކުޅެމުންދާ ސްޕެއިން ފޯވަޑް އަންސޫ ފަޓީ -- ފޮޓޯ/ ގެޓީ

ލޯނުގެ ދަށުން ބްރައިޓަންއަށް ކުޅެމުންދާ ސްޕެއިން ފޯވަޑް އަންސޫ ފަޓީއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މި ސީޒަނުގައި ބާސެލޯނާއިން ލޯނުގެ ދަށުން ބްރައިޓަންއާ ގުޅުނު ފަޓީއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ނޮޓިންހަމް ފޮރެސްޓް އަތުން 3-2ގެ ނަތީޖާއަކުން ބްރައިޓަން މޮޅުވި މެޗުގައެވެ.

ފަޓީގެ ފަޔަށް އަނިޔާވެގެން އެ މެޗުގައި އޭނާއަށް ފުރިހަމަކުރެވުނީ އެންމެ 21 މިނެޓެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް ފަޓީގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބި، ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަދި، އޭގެ ފަހުން ފައިގެ މަސްގަނޑަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ވެސް އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބްރައިޓަނުން ރަނގަޅު ކުޅުމެއް ދައްކަމުންދާ އިރު، ކުޅުނު 13 މެޗުން ލިބުނު 22 ޕޮއިންޓާ އެކު އެ ޓީމުގެ އޮތީ ތާވަލުގެ އަށްވަނައިގައެވެ.

comment ކޮމެންޓް