އަލްބޭނިއާ ފޯވަޑް އަރްމާންޑޯ ބްރޯހާއަށް ފުލަމްއިން ކުރި ބިޑު ޗެލްސީން ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.
އުމުރުން 22 އަހަރުގެ ބްރޯހާ ހޯދުމަށް ފުލަމްއިން ބިޑުކޮށްފައިވަނީ ސާބިއާ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗްގެ މަގާމަށެވެ. މިޓްރޮވިޗް ވަނީ މި ސީޒަނުގައި ފުލަމް ދޫކޮށް، ސައުދީ އަރަބިއާގެ އަލް ހިލާލްއާ ގުޅިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފުލަމްއިން ވަނީ ޖެނުއަރީ ޓްރާންސްފާގައި ބްރޯހާ ގެންދިއުމަށް ޗެލްސީއަށް ބިޑުކޮށްފައެވެ. ނަމަވެސް ޗެލްސީއަށް ބްރޯހާގެ ބޭނުން ޖެހިފައިވާތީ އޭނާ ދޫކޮށްނުލުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބްރޯހާ އެނބުރި ކުޅުމާ ގުޅިފައިވަނީ ކަކުލުގެ އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފައެވެ. ޗެލްސީގެ ފޯވަޑް ލައިނުގައި އަނިޔާގެ މައްސަލަތައް ގިނަވުމާ ގުޅިގެން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދަނީ މެޗުތަކުގައި ބްރޯހާގެ ބޭނުން ހިފަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން ބްރޯހާ ދޫކޮށްނުލުމަށް ނިންމާފައިވީ ނަމަވެސް، ނަޕޯލީގެ ފޯވަޑް ވިކްޓާ އޮސިމްހެން އަދި ބްރެންޓްފޯޑް ފޯވަޑް އިވާން ޓޯނޭ ގެންދިއުމަށް ކުރާ މަސައްކަތަށް ނިމުމެއް ނުގެންނާނެއެވެ.