އަންހެން ދަރިފުޅަށް އަމީތާބު ދިނީ އަގު ބޮޑު ގެއެއް

އަމީތާބް ބައްޗަން ދަރިފުޅު ޝްވެތާއާ އެކު

ބޮލީވުޑްގެ މެގަ ސްޓާރު އަމީތާބު ބައްޗަންގެ ފަރާތުން އަންހެން ދަރިފުޅު ޝްވެތާއަށް އަގު ބޮޑު ގެއެއް ހަދިޔާ ކޮށްފިއެވެ.

އަމީތާބާއި ޖަޔާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ޝްވޭތާ އަކީ އަބަދު ވެސް އަމީތާބްގެ ހިތުގައި ވަރަށް ހާއްސަ ލޯތްބެއް އޮންނަ ކުއްޖެކެވެ. ޝްވެތާއަށް ހަދިޔާކުރި ހާއްސަ ބަންގްލޯގެ އަގު 50 ކްރޯޑް ރުޕީސްއަށް އަރާއިރު މި މުދަލުގެ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި 50 ލައްކަ ރުޕީސް އާމީތާބް ވަނީ ދައްކައިފައެވެ.

ޕްރަތީކްޝާ ނަމަކަށް ކިޔާ މި ގެއަކީ އިންޑިއާގެ މުމްބާއީގެ އެންމެ ހިތްގައިމު ސަރަޙައްދުގައި ހުރި ގެއެކެވެ.

އެއީ، އަމީތާބް އެންމެ ފުރަތަމަ ދިރިއުޅުނު ބަންގްލޯއެވެ. އަދި، އެކްޓަރުގެ މަންމަ ތޭޖީ ބައްޗަން އާއި ބައްޕަ ހަރީވާންޝް ރާއީ ބައްޗަން ވެސް ދިރިއުޅުމުގެ ބޮޑު ބައެއް މި ބަންގްލޯގައި ވަނީ ހޭދަކޮށްފައެވެ. އެހެންކަމުން މިއީ އެ އާއިލާއަށް ވަރަށް ހާއްސަ ތަނެކެވެ.

ޝްވޭތާ ބައްޗަންގެ ދެ ކުދިން އަގަސްތިޔާ އަދި ނާވްޔާ ---

އަމީތާބްގެ އާއިލާގެ އެހެން މެންބަރުންނާ ޚިލާފަށް ޝްވޭތާ ބައްޗަން އަކީ ކެމެރާއާ ރަޙްމަތްތެރި މީހެއް ނޫނެވެ. އެހެންވެ، ޝްވެތާ އަބަދު ވެސް މަސައްކަތް ކޮށްފައިވަނީ ކެމެރާމަނުންނަށް ފިލައިގެން އުޅުމަށެވެ.

އިންޑިއާގެ މަޝްހޫރު ވިޔާފަރިވެރިޔާ ނިކިލް ނަންދާއާ ކައިވެނިކޮށް ދެ ކުދިން ލިބިފައިވާއިރު ޝްވޭތާގެ ހަގު ދަރިފުޅު އަގަސްތްޔާ ވަނީ ފިލްމީ މައިދާނަށް ނުކުންނަށް ތައްޔާރުވެފައެވެ. ނަމަވެސް އަންހެން ދަރިފުޅު ނާވްޔާ ބޭނުންވީ ބައްޕަގެ ފިޔަވަޅު މަތިން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ޝްވެތާ ފިލްމީ ދާއިރާއިން ނުފެނުނަސް ބައެއް ފެޝަން ޝޯވްތަކުން ޓެލެވިޒަން ޝޯވްތަކުން މެހެމާނެއްގެ ގޮތުގައި ވަނީ ފެނިފައެވެ.

ކައިވެންޏަށް ފަހު ޝްވޭތާ ފިރިމީހާގެ ގެއަށް ދިއުމާ އެކު އަމީތާބާއި ޖަޔާގެ ދިރިއުޅުމަށް ވަރަށް ބޮޑު އެކަނިވެރިކަމެއް އިހުސާސް ކުރުވި ކަމަށާއި ނަމަވެސް އެކަން ފަޅުފިލުވައިދިނީ ހަގު ދަރިފުޅު އަބީޝެކްގެ އަންހެނުން އައިޝްވާރްޔާ ރާއި ކަމަށް އަމީތާބްގެ ދެމަފިރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް