ކައިވެނީގައި ވިހި ލައްކަ ރުޕީސް ނޫޓުގެ ހާރެއް ކަރުގައި އަޅައިފި

އިންޑިޔާގައި ކައިވެންޏެއްގައި ފިރިހެނަކު 20 ލައްކަ ރުޕީސްއަށްވާ ފައިސާގެ ނޫޓުގެ ހާރެއް ކަރުގައި އަޅައިފިއެވެ.

ފައްސަތޭކަ ރުޕީސްގެ ނޫޓް ބޭނުންކޮށްގެން ހަދާފައިވާ މި ހާރުގެ ދިގުމިން އިމާރާތެއްގެ ސީލިންގްއިން ފެށިގެން ބިންމައްޗާ ހަމައަށް ފޯރައެވެ.

އިންޑިޔާ ފައިސާއިން ވިހި ލައްކަ ރުޕީސްގެ އަގުހުރި މި ފައިސާގެ ހާރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އަދި ކައިވެންޏަށް ފިރިހެން މީހާ އައިއިރު ފައިސާގެ ދިގު ހާރު އަޅައިގެން ހުރުމުން އެތާތިބި ގިނަ ބަޔަކުވެސް އެ ކަމަށް ވަރަށް ޝައުޤުވެރިކަން ފާޅުކުރިއެވެ.

އެ ފިރިހެން މީހާގެ މާލީ ތަނަވަސްކަމަށް ބައެއް މީހުން ތަޢުރީފުކުރިއިރު އަނެއްބަޔަކު ވަނީ މިހާބޮޑު ދެއްކުންތެރިކަމެއްގެ ބޭނުމެއް ނެތްކަމަށް ބުނެފައެވެ. އަދި ހާރުގައި ބޭނުންކޮށްފައިވާ ފައިސާއަކީ ޞައްޙަ ނޫޓެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ފައިސާ ނޫޓުގެ ހާރާމެދު ތަފާތު ގޮތްގޮތަށް ވާހަކަހުރި ނަމަވެސް، މިއީ މިހާތަނަށް ކައިވެންޏެއްގައި ފެނުނު އެންމެ އާދަޔާ ޚިލާފު އަދި ލޮލުގައި އަޅައިގަތް ގަހަނާކަމަށް އިންޓަނެޓްގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ.

އިންސްޓާގްރާމްގައި މި ވީޑިއޯ ޙިއްސާކުރިފަހުން މިހާތަނަށް 15 މިލިޔަން މީހުން މި ވީޑިއޯ ބަލައި، ތިން ލައްކައަށްވުރެ ގިނަ މީހުން މި ވީޑިއޯއަށް ލައިކްދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު