ވަކީލުންގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ބާ ކައުންސިލުގެ ގާނޫނީ ވަކީލުންތަކެއް -- ފޮޓޯ/ބާ ކައުންސިލް

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވައިލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤާނޫނީ ވަކީލަކު އައްޔަންކުރަން ބާއްވާ އިންތިޚާބު އަންނަ މަހު ހަތެއްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ އިންތިޚާބު ވޯޓު ދެވޭނީ ބާ ކައުންސިލުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް އެކަންޏެވެ.

އެހެންވެ، ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަންކުރަން ބާއްވާ އިންތިޚާބުގައި ވޯޓުދޭން ޝަރުތު ހަމަވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފައެވެ.

އެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މާދަމާ މެންދުރު 15:00 ގެ ކުރިން ޝަކުވާ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ވަނީ އެދިފައެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަންކުރަނީ އެ ކޮމިޝަންގެ ގާނޫނީ ވަކީލު، އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިހާރު އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެވިފައެވެ.

comment ކޮމެންޓް