ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯކަމަށް ޙަލީމް

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގް ޙަލީމް އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯކަމުގެ މަގާމަށް އިބްރާހީމް އަބްދުއް ރައްޒާގް ޙަލީމް މިއަދު އައްޔަންކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ރަައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުުޙައްމަދު މުއިއްޒެވެ.

ޙަލީމް މި މަގާމަށް އައްޔަންކުރައްވައިފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޙަލީމް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ.

އޭގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްޕީއެލްގެ ސީއީއޯގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން އޭނާވަނީ 2018ވަނަ އަހަރު ފެނަކައިގެ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެލައްވައިފައެވެ.

ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލަކީ އެއް ބޯޑެއްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކެކެވެ.

comment ކޮމެންޓް